Ads by Farudhun

ޚަބަރު

ސެލޫނެއްގެ ބިއްލޫރިގަނޑަށް އެރި ސައިކަލު ދުއްވަން އިނީ 17 އަހަރުގެ ކުއްޖެއް

ސެލޫނެއްގެ ބިއްލޫރިގަނޑަށް އެރި ސައިކަލު ދުއްވަން އިނީ 17 އަހަރުގެ ކުއްޖެއް

ފޮޓޯ: އެމްވީ ކްރައިސިސް

farudhun logo

ފަރުދުން

21 ނޮވެމްބަރު 2026، 04:01

21 ނޮވެމްބަރު 2026، 04:01

މިއަދު ހިނގި އެކްސިޑެންޓުގައި ކޮންޓްރޯލް ނުވެ ގޮސް ސެލޫނެއްގެ ބިއްލޫރިގަނޑަށް އެރި ސައިކަލު ދުއްވަން އިނީ 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މާލޭގެ ބޮޑުރަސްގެފާނު މަގާއި ސަބްދަރިޔާ މަގު ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އޭގެތެރެއިން އެއް ސައިކަލު ކޮންޓްރޯލް ނުވެގޮސް ސެލޫނެއްގެ ބިއްލޫރިގަނޑުގައި ޖެހި ބިއްލޫރިގަނޑު ތަޅައިގެންގޮސް ސެލޫންގެ ތެރެއަށް ވަދެފައިވާ ކަމަށާއި މި އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 09:16 އެހާކަންހާއިރު ކަމަށް ވެސް ބުނެފައިވެއވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި އެ ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބުނު ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެ ކުއްޖާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450