Ads by Farudhun

ޚަބަރު

ދިޔަމިގިލީ ސުކޫލުގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ނިމިއްޖެ

ދިޔަމިގިލީ ސުކޫލުގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ނިމިއްޖެ

ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

22 ނޮވެމްބަރު 2026، 08:46

22 ނޮވެމްބަރު 2026، 08:46

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ) ގެ ސިފައިން، ތ. ދިޔަމިގިލީ ސުކޫލުގައި އިމާރާތްކުރަންފެށި، ދިޔަމިގިލީ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރިން ހަދާފައި ހުރި އިމާރާތުގެ ސްޓްރަކްޗަރ މަރާމާތުކޮށް، އިތުރު ތަނބުތައް ޖަހައިގެން ވަރުގަދަކުރުމުގެ އިތުރުން ރޭނުމާއި ކޮންކްރީޓް މަސައްކަތްތައް ވަނީ ފުރިހަމަކޮށްފައެވެ. އަދި އިމާރާތުގައި ކުލަލައި، ފުރާޅާއި ސީލިންގ ހެދުމާއި، ތަށިމުށި ޖެހުމުގެ އިތުރުން ރެއިލިންގ ހަރުކުރުމާއި ފާޚާނާތަކުގެ އެންމެހައި ފެންވައިރު ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ނިންމައިފައެވެ. މީގެއިތުރުން ކަރަންޓު ވަޔަރިންގއާއި އައިސީޓީ އަދި ޕީއޭ ސިސްޓަމް ޤާއިމުކޮށް، އަލިފާން ނިއްވާ ފުޅިއާއި ސްކޫލް ނަންބޯޑު ހަރުކުރުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މި މަޝްރޫއުގެ މެނޭޖަރެއްގެ ގޮތުގައި އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ)ގެ ވޮރަންޓް އޮފިސާ 2 ޖައުފަރު މުހައްމަދު ހަރަކާތްތެރިވެފައިވާއިރު އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި އެމްއެންޑީއެފަ ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަސްޓް ސާޖަންޓް އަޙްމަދު ޚާލިދު ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ. 

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، މި މަޝްރޫއު ނިންމުމުގައި އެމްއެންޑީއެފް ސަރވިސް ކޯރގެ ސިފައިންނަށް އެ ކޯރގެ ސިގްނަލްސްއާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނަރސް (އީއެމްއީ)ގެ ސިފައިންގެ ޓެކްނިކަލް އެހީތެރިކަމާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އަދި މި މަޝްރޫއު ފެށިގެން ނިމެންދެން އެ ރަށުގެ އާންމު ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމަކާއި ތަރުހީބެއް ލިބިފައިވާކަމަށާއި އެގޮތުން  ބައެއް މަސައްކަތްތަކުގައި ސިފައިންނާއެކު ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވުމާއި، ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450