Ads by Farudhun

ޚަބަރު

ވަށަފަރުގައި ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ވަށަފަރުގައި ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ވަށަފަރުގައި ތަރައްޤީކުރި އައުޓްދޯ ވޮލީކޯޓް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ނޮވެމްބަރު 2026، 01:49

22 ނޮވެމްބަރު 2026، 01:49

ހއ. ވަށަފަރުގައި ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓުގެ ޢަމަލީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ.

 މި މަޝްރޫޢުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ވަށަފަރު އައުޓްޑޯ ވޮލީކޯޓު އެޅުމުގެ ޢަމަލީ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ނިމުނުކަން އެ ކުންފުނިން ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ ނޮވެމްބަރު 19 ގައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ދަށުން ހިންގާފައިވާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ކޯޓުގެ ބިންގަލުގެ ކޮންކްރީޓް މަސައްކަތްތަކާއި ތަނބުތަކުގެ މަސައްކަތްތައް ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު ކޯޓުގެ ސަރފޭސް ތައްޔާރުކުރުމާއި، ކުޅުމަށް ބޭނުންވާ މާކިންތައް އެޅުމުގެ ހުރިހާ މަސައްކަތެއް ވަނީ ފުރިހަމަކޮށްފައެވެ.

ވަށަފަރުގައި އަލަށް ޤާއިމުކުރެވުނު މި ވޮލީކޯޓާއެކު އެ ރަށުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ފުރިހަމަ ވަސީލަތްތަކާއެކު ވޮލީ ކުޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450