Ads by Farudhun

ޚަބަރު

ވަށަފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި

ވަށަފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި

ވަށަފަރު ޞިއްޙީ މަރުކަޒު އިމާރާތްކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ނޮވެމްބަރު 2026، 02:57

22 ނޮވެމްބަރު 2026، 02:57

ހއ. ވަށަފަރު ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު މަތިކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދިޔަ އަޕްގްރޭޑިން މަޝްރޫއުގެ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.

މި މަޝްރޫއަކީ އެ ރަށުގެ ސިއްހީ ޚިދުމަތް އާދައިގެ އައުޓްޕޭޝަންޓް ކްލިނިކެއްގެ ފެންވަރުން، އެނދުމަތިކޮށްގެން ފަރުވާދެވޭ އަދި ޓެސްޓުތައް ހެދޭ ފެންވަރަށް ތަރައްގީކުރުމަށް 4.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުން ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފައިވަނީ 31 ޖުލައި 2025 ގައެވެ.

މި މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގައި ޖެނެރަލް ވޯޑަކާއި ޕްރައިވެޓް ރޫމެއްގެ އިތުރުން ނާސަސް ސްޓޭޝަނަކާއި ޕްރޮސީޖާ ރޫމެއް ވަނީ ތަރައްގީކޮށްފައެވެ. އަދި ޒަމާނީ މެޑިކަލް ލެބޯޓްރީއަކާއި ގެރޭޖެއްގެ އިތުރުން ސްޓޯރޫމެއް ވެސް މި އިމާރާތުގައި ހިމެނެއެވެ.

މި މަޝްރޫއުގެ ތެރެއިން ގާއިމުކުރި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މާޗު 2026 ގައެވެ. ސަރުކާރުން ރަށްރަށުގައި ލެބޯޓްރީ ޚިދުމަތް ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ވަށަފަރުގައި މި ޚިދުމަތް ފެށުމާއެކު، އަސާސީ ޓެސްޓުތައް ހެދުމަށް އެ ރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަތުރުވެރިން ކައިރި ރަށްރަށަށް ނުވަތަ މާލެއަށް ދަތުރުކުރަންޖެހޭ ޖެހުމަށް ވަނީ ދާއިމީ ހައްލެއް ލިބިފައެވެ.

ވަށަފަރު ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް މީގެކުރިން 2023 ވަނަ އަހަރު ވެސް ވަނީ އެކްސްޓެންޝަން އިމާރާތެއް އަޅައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީހާއި، މެޑިކަލް ސްޓޯރ އަދި ލޯންޑްރީ ރޫމެއް ގާއިމުކޮށްފައެވެ.

މި ފަހުން ނިންމާލި އަޕްގްރޭޑިން މަޝްރޫއާއެކު ވަށަފަރުގެ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބީ ކުރިއެރުމެއް ލިބި، ރަށުން ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ހަރުދަނާވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450