Ads by Farudhun

ޚަބަރު

ރައީސްގެ ވަޢުދާ އެއްގޮތަށް ދެއްވަދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ އެކްސްރޭ މެޝިން އެރަށަށް ގެންގޮސްފި

ރައީސްގެ ވަޢުދާ އެއްގޮތަށް ދެއްވަދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ އެކްސްރޭ މެޝިން އެރަށަށް ގެންގޮސްފި

ދެއްވަދޫއަށް ގެންދިޔަ އެކްސްރޭ މެޝިން - ފޮޓޯ: ދެއްވަދޫ ކައުންސިލު

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 ނޮވެމްބަރު 2026، 05:23

22 ނޮވެމްބަރު 2026، 05:23

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، ގއ. ދެއްވަދޫ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިން މިއަދު އެރަށަށް ވަނީ ގެންގޮސްފައެވެ.

 ދެއްވަދޫ ކައުންސިލުން މީގެ އެއް ގަޑިއިރު ކުރިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، މިއީ މިއަހަރުގެ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި، ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން އެދިފައިވާ ގޮތަށް ގެނެވުނު މެޝިނެއް ކަމަށެވެ. މިއީ ކުދިކުދި ޞިއްޙީ ފަރުވާތަކަށް ރައްޔިތުން މާލެއަށާއި އެހެން ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ރަށުގައި ތިބެގެން އަސާސީ ޚިދުމަތްތައް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން އިސްކަންދީގެން ކުރަމުންދާ މަސައްކަތެކެވެ.

ރާއްޖޭގެ ރަށްރަށުގައި އެކްސްރޭ އާއި ޑައިގްނޯސްޓިކްގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އާބާދީ ބޮޑެތި ރަށްރަށާއި ސިއްޙީ މަރުކަޒުތަކަށް އެކްސްރޭ ޚިދުމަތް ތަޢާރަފުކުރުމުގެ އިތުރުން، ޓާޝަރީ ހޮސްޕިޓަލްތަކުގައި އެމްއާރްއައިގެ ޚިދުމަތް ފެށުމަށާއި، އާބަން ސެންޓަރުތަކާއި 15 ރަށެއްގައި ސީޓީ ސްކޭންގެ ޚިދުމަތް ޤާއިމުކުރުމަށް ޢިމާރާތްތައް އަޕްގްރޭޑްކޮށް، މެޝިންތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

 އަދި ހަމައެއާއެކު، ސިއްޙީ މަރުކަޒުތަކުގައި ލެބޯޓްރީތައް ޤާއިމުކޮށް އަސާސީ ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކެންސަރު ބައްޔަށް ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް ރޭޑިއޭޝަން ޗެމްބަރުތަކާއެކު ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢުތައްވެސް ސަރުކާރުން އަންނަނީ ތަންފީޛު ކުރަމުންނެވެ.

އަދުގެ ސަރުކާރުން ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ގިނަ ދުވަސްވެފައިވާ މި މައްސަލައިގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ބޭސް ނުލިބުން ކަމަށްވާތީ، އެކަމަށް ހައްލު ހޯދުމަށް ދުނިޔޭގެ އެކިއެކި ކުންފުނިތަކާއި ވާހަކަ ދެއްކުމަށްފަހު ރައްޔިތުނަށް ބޭނުންވާ ބޭސް ގެނެސް ހަމަ ކުރުމުގެ މަސައްކަތް ފަށައިގެން ނިމުމަކާއި ގާތަށް ވަނީ ގޮސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450