Ads by Farudhun

ޚަބަރު

ޑްރަގް ކެފޭ އެއް ހިންގުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް

ޑްރަގް ކެފޭ އެއް ހިންގުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް

ފޮޓޯ: ފުލުހުން

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

23 ނޮވެމްބަރު 2026، 09:57

23 ނޮވެމްބަރު 2026، 09:57

ޑްރަގް ކެފޭއެއް ހިންގައި އެ ތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ  ޏ. ފުވައްމުލައް / ދޫޑިގަން. މާދޫގެ، އަޙްމަދު ރަޝީދު (32އ) އާއި ޏ .ފުވައްމުލައް / ދޫޑިގަން ރޫބީ، މުޙައްމަދު ޝާޛް (36އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ފުވައްމުލައް ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ބުނެފައިވެއެވެ. 

މި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށާއި  މި ދެމީހުންގެ ތެރެއިން  ޏ. ފުވައްމުލައް / ދޫޑިގަން. މާދޫގޭގައި، އަޙްމަދު ރަޝީދު ދިރިއުޅޭ ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ފޯރުކޮށްދީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންގެންދާ މައްސަލައާ ގުޅިގެން، އަޙްމަދު ރަޝީދު ދިރިއުޅޭ ބައި 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި މި އަމުރު ނެރެފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން މި މަހުގެ 19 ވަނަ ދުވަހު ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން އެ މީހުންގެ  ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ޝާޛް 15 ދުވަހަށް އަދި އަޙްމަދު ރަޝީދު 12 ދުވަަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އަދުގެ ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖުމްލަ 574 އޮޕަރޭޝަނެއް ހިންގާފައިވާއިރު މި ސަރުކާރުން ވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި 500 ފުލުހުންނާއެކު މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންއަކީ މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަނެވެ.


އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވެ ވޭތުވެދިޔަ ތިން އަހަރު ދުވަސް ތެރޭގައި 1362.2426 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު އެ ތަކެތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ.މި ސަރުކާރުން ޑްރަގް ކެފޭގެ ގޮތުގައި 20 ޑްރަގްކެފޭ ބަންދުކޮށްފައިވާއިރު އޭގެތެރޭގައި މާލެ 15 ތަނަކާއި އައްޑޫގެ 4 ތަނެއްގެ އިތުރުން ފުވައްމުލަކު ތަނެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން މި ސަރުކާރުން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި އަދަބުތަކެއް ދޭގޮތަށް އެ ގާނޫނު އިސްލާހުކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި