Ads by Farudhun

ޚަބަރު

މުޅި ރާއްޖެއަށް ދުންފުހުގެ އަސަރުކޮށް، ދުރު ފެންނަ މިންވަރު ދަށްވެއްޖެ

މުޅި ރާއްޖެއަށް ދުންފުހުގެ އަސަރުކޮށް، ދުރު ފެންނަ މިންވަރު ދަށްވެއްޖެ

މުޅި ރާއްޖެއަށް ދުންފުހުގެ އަސަރުކޮށް، ދުރު ފެންނަ މިންވަރު ދަށްވެއްޖެ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ނޮވެމްބަރު 2026، 12:15

23 ނޮވެމްބަރު 2026، 12:15

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ދުންފުހުގެ އަސަރު ކުރަމުންދާތީ، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ހާމަކުރެއްވި ގޮތުގައި، ދުންފުހުގެ ސަބަބުން މުޅި ރާއްޖޭގެ ވައިގެ ސާފުމިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މި ކަމުގެ އަސަރު ދެމިހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދުންފުހުގެ އަސަރު ބޮޑުވެފައިވާތީ، ބޭރުގައި އެކި ހަރަކާތްތަކުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450