Ads by Farudhun

ޚަބަރު

7 ވަނަ އާރް.އޯ.އެސް.ސީ ބައްދަލުވުމުގެ މަންދޫބުންނަށް އެމް.އޭ.ސީ.އެލްއިން މަރުޙަބާ ކިޔައިފި

7 ވަނަ އާރް.އޯ.އެސް.ސީ ބައްދަލުވުމުގެ މަންދޫބުންނަށް އެމް.އޭ.ސީ.އެލްއިން މަރުޙަބާ ކިޔައިފި

7 ވަނަ އާރް.އޯ.އެސް.ސީ ބައްދަލުވުމުގެ މަންދޫބުންނަށް އެމް.އޭ.ސީ.އެލްއިން މަރުޙަބާ ކިޔުން. ފޮޓޯ: އެމްއޭސީއެލް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ނޮވެމްބަރު 2026، 03:06

23 ނޮވެމްބަރު 2026، 03:06

ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭ.ސީ.އައި) އިން ބާއްވާ "އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓްގެ 7 ވަނަ ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީ (އާރް.އޯ.އެސް.ސީ)" ގެ އޭވިއޭޝަން ތަޖުރިބާކާރުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ހުޅުލެ އައިލެންޑް ހޮޓެލް (އެޗް.އައި.އެޗް) ގައި ނޮވެންބަރު 23 އިން 25 އަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި، އެ ކޮމިޓީ ތަމްސީލުކުރައްވާ 23 މެންބަރުންގެ އިތުރުން 7 އޮބްޒާވަރުން ބައިވެރިވެވަޑައިގަންނަވައެވެ. 

މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް، މުޙައްމަދު މަންޞޫރެވެ. އަދި މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފްގެ އިތުރުން ކުންފުނީގެ ސީނިއަރ މެނޭޖްމަންޓް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ފަރާތްތަކުން ތަޖުރިބާ ޙިއްޞާކޮށް، ދަތުރުފަތުރުގެ އޮޕަރޭޝަންތަކުގައި އަލަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ދެނެގަތުމަށާއި، ސަރަޙައްދީ ފެންވަރުގައި ސަލާމަތީ ކަންކަން އެއް މިންގަނޑަކަށް ގެނައުމަށް މަގުފަހިކޮށްދޭ މުހިންމު ފުރުޞަތެކެވެ. ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް އަމާޒުކުރެވިފައިވަނީ އެއާސައިޑްގެ ރައްކާތެރިކަމާއި، ގްރައުންޑް ހޭންޑްލިންގ އޮޕަރޭޝަންތަކާއި، ރަންވޭގެ ސަލާމަތީ ކަންކަމުގެ އިތުރުން ވައިގެ ދަތުރުފަތުރަށް އަލަށް ތަޢާރަފުކުރެވެމުންދާ ޒަމާނީ ޓެކްނޮލޮޖީތަކުގެ މައްޗަށެވެ.

މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ އޮޕަރޭޝަންތައް ހިނގަމުންދާގޮތް ބަލާލުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ހިންގަމުން އަންނަ ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންތައް ބަލާލެވި، ދިވެހިރާއްޖޭގެ ރަށްތައް ގުޅުވައިދިނުމުގައި ވައިގެ ދަތުރުފަތުރު އަދާކުރާ މުހިންމު ދައުރު ބައިވެރިންނަށް ޢަމަލީ ގޮތުން ފެނިގެންދާނެ ކަމަށް އެމް.އޭ.ސީ.އެލްއިން މަޢުލޫމާތުދެއެވެ.

ސަރަޙައްދީ މިފަދަ މުހިންމު ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހިރާއްޖޭގެ ބައިވެރިވުން ފުޅާވަމުންދާ މިންވަރާއި، ސަރަޙައްދީ އެއްބާރުލުން ވަރުގަދަކޮށް ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމް.އޭ.ސީ.އެލްއިން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450