Ads by Farudhun

ޚަބަރު

ދެއްވަދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ބާރުދުވެލީގައި: ފުރާޅު އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށް

ދެއްވަދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ބާރުދުވެލީގައި: ފުރާޅު އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށް

ދެއްވަދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ނޮވެމްބަރު 2026، 04:32

23 ނޮވެމްބަރު 2026، 04:32

ގއ. ދެއްވަދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާއިރު، އެ ޢިމާރާތުގެ ޓްރަސް ހަރުކުރުމާއި ފުރާޅު އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޢިމާރާތުގެ ކޮލަމް ކާސްޓިންގ މަސައްކަތްތައް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިންމާލާފައިވާއިރު، ރޭނުމާއި ޓްރަސް އެޅުމުގެ މަސައްކަތްތައް މިއަހަރުގެ ޖުލައި މަހުން ފެށިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާރު ސައިޓުގައި ކުރިއަށްދަނީ ޓްރަސް ހަރުކުރުމާއި ފުރާޅު އެޅުމުގެ މަރުޙަލާގެ މަސައްކަތްތަކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުޅިވަރާއި ކަސްރަތުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމުގެ ދަށުން، 19 ރަށެއްގައި 26 ފިޓްނަސް އިންފްރާސްޓްރަކްޗަރ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. ދެއްވަދޫގައި ތަރައްޤީކުރާ ފިޓްނަސް ސެންޓަރަކީ މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މުހިންމު އެއް މަޝްރޫޢެވެ.

މީގެ އިތުރުން، ދެއްވަދޫގެ ކުޅިވަރު ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ރަށު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން ފުޓްބޯޅަ ދަނޑުގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެއްވަދޫ ކައުންސިލާ ބައްދަލުކުރައްވައި ދެއްވި ޔަޤީންކަމާ އެއްގޮތަށް، އެ ރަށުގައި އައުޓްޑޯ ޖިމެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450