Ads by Farudhun

ޚަބަރު

ކައިވެނީގެ ތެރޭގައި ލިބޭ ފްލެޓާއި މުދާ ދެމަފިރިންނަށް ހަމަހަމައަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައިވެނީގެ ތެރޭގައި ލިބޭ ފްލެޓާއި މުދާ ދެމަފިރިންނަށް ހަމަހަމައަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ހިޔާ ފްލެޓް. ފޮޓޯ: މުޅި ރާއްޖެ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ނޮވެމްބަރު 2026، 04:38

23 ނޮވެމްބަރު 2026، 04:38

ކައިވެނިކޮށްގެން ތިބޭ ދުވަސްވަރު ދެމަފިރިންނަށް ލިބޭ ސޯޝަލް ހައުސިން ފްލެޓާއި އެހެނިހެން މުދާ، ދެމީހުންނަށް ހަމަހަމަކޮށް ހައްގުވާ ގޮތަށް ހެދުމަށްޓަކައި އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އެ ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ސޯޝަލް ހައުސިން ފަދަ ސްކީމުތަކުގެ ޝަރުތުތައް މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައި ހުންނަނީ ވަކިވަކި ފަރުދުންނަށް ވުރެ ބޮޑަށް، އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. ނަމަވެސް އެފަދަ ފްލެޓްތައް ރަޖިސްޓްރީ ކުރެވެނީ ފޯމު ހުށަހެޅި މީހާގެ ނަމުގައި އެކަނި ކަމަށްވާތީ، ދެމަފިރިން ވަރިވާ ހާލަތްތަކުގައި އެ މުދަލަކީ އެކެއްގެ އެކަނި މިލްކަކަށް ވެގެންދެއެވެ. މީގެ ސަބަބުން އަނެއް ފަރާތަށާއި މުޅި އާއިލާއަށް ބޮޑެތި ނިކަމެތިކަމާއި ގެއްލުން ކުރިމަތިވާ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި ކައިވެނީގެ ތެރޭގައި އެކުގައި ހޯދާ މުދާ އަދުލުވެރިކަމާއެކު ބެހުމުގެ އުސޫލުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް، ދައުލަތުގެ އެކިއެކި ސްކީމްތަކުން ދެމަފިރިންނަށް ލިބޭ މުދަލާމެދު އަމަލުކުރާނެ ސާފު އިޖުރާއާތެއް މިހާރު ގާނޫނުގައި ނެތްކަން މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން މި އިސްލާހު ގެނައުމުގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ލިބޭ ފްލެޓާއި އެހެނިހެން މުދަލަކީ ދެމަފިރިންނަށް ހަމަހަމައަށް ހައްގު އޮންނަ މުދަލެއްގެ ގޮތުގައި ކަނޑައެޅުމެވެ. އަދި ދައުލަތުން އެފަދަ ބޯހިޔާވަހިކަން ދިނުމުގެ އަސްލު މަގުސަދު ކަމަށްވާ މުޅި އާއިލާގެ ރައްކާތެރިކަމާއި ބޯހިޔާވަހިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކޮށްދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450