Ads by Exprox

ޚަބަރު

މީހަކު އެއްލާލި ސިނގިރޭޓް ފޮއްޓަކުން މަސްތުވާތަކެތި ފެނުމުން އޭނާ އުމުރަށް ޖަލަށް!

މީހަކު އެއްލާލި ސިނގިރޭޓް ފޮއްޓަކުން މަސްތުވާތަކެތި ފެނުމުން އޭނާ އުމުރަށް ޖަލަށް!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2024، 05:15

08 ސެޕްޓެމްބަރު 2024، 05:15

މީހަކު އެއްލާލި ސިނގިރޭޓް ފޮއްޓަކުން މަސްތުވާތަކެތި ފެނުމުން އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ. 

މިމައްސަލާގައި އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފައިވަނީ ކ. މާލެ، މއ.ސިޓީ ވިލާގެ ހަސަން ސިފާހުގެ މައްޗަށެވެ. މި މައްސަލައާ ގުޅިގެން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ވަނީ އޭނާއަށް އުފުލާފައެވެ.

ސިފާހުގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ ޓްރެފިކް ސްޓޮޕެއްގެ ތެރެއިން އެއްލާލި ސިނގިރޭޓް ޕެކެޓެއްގެ ތެރެއިން ޑައިމޯފިން ނުވަތަ ހެރޮއިން ފެނުމާ ގުޅިގެނެވެ.

 

މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 7 ވަނަ ދުވަހުއެވެ.

އެރޭ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އިމާރާތް ކައިރީގައި ދުއްވާފައި ދިޔަ ސައިކަލަކީ ލޯގަނޑު ނެތި ދުއްވާފައި ދިޔަ ސައިކަލެއް ކަމަށް ފުލުހުން ހެކިބަސް ދީފަވެއެވެ. އަދި ފުލުހުން ހެކިބަސް ދެމުން ބުނެފައިވަނީ ސައިކަލުގެ ފަހަތުގައި އިން ސިފާހު އޭނާގެ އަތުގައި އޮތް ސިނގިރޭޓް ޕެކެޓެއް އެއްލާލުމަށްފަހު ފިލާފައިވާ ކަމަށެވެ.

އޭނާ އެއްލާލި ސިނގިރޭޓް ޕެކެޓުގެ ތެރެއިން 9.3124 ގްރާމްގެ ޑައިމޯފިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ސިނގިރޭޓް ޕެކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ ސިފާހު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރުކޮށްފަ އެވެ.

އެއްލާސި ސިނގިރޭޓް ޕެކް ފުލުހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 95 ޕެކެޓް ޑައިމޯފިން ފެނިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 9.3124 ގްރާމް ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ސިފާހުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 12 މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ. އޭނާ މިހާރު ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލާއިރު، އޭނާ އަށް ބާކީ އޮތީ 24 އަހަރާއި 11 މަހެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco