Ads by Farudhun

ޚަބަރު

ބިދޭސީން ސޯޝަލް މީޑިއާގައި ހިންގާ ވިޔަފާރިތައް ވެސް ބަލަން ފަށައިފި

ބިދޭސީން ސޯޝަލް މީޑިއާގައި ހިންގާ ވިޔަފާރިތައް ވެސް ބަލަން ފަށައިފި

ޓާސްކް ފޯސްއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން

farudhun logo

ފަރުދުން

23 ނޮވެމްބަރު 2026، 06:20

23 ނޮވެމްބަރު 2026، 06:20

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން، ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ހިންގަމުންދާ ވިޔަފާރިތަކުގެ މައްސަލަތައް ޚާއްޞަ އިސްކަމެއް ދީގެން ބަލަން ފަށައިފިއެވެ.

މިކަން ހާމަކޮށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އެކުލަވައިލާފައިވާ ޚާއްޞަ ޓާސްކްފޯހުން މިހާރު މިފަދަ އޮންލައިން ވިޔަފާރިތައް މޮނިޓަރކޮށް، ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ދާޚިލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ އޮންލައިންކޮށް ތަފާތު ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ހެދުން ވިއްކުމާއި، އެ މީހުން ދިރިއުޅޭ ތަންތަނުގައި ކޭކާއި ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކޮށްގެން ޑެލިވަރީ ކުރުމުގެ އިތުރުން، ގިފްޓް ޕެކް ހެދުން ފަދަ ވިޔަފާރިތައް ހިމެނެއެވެ.

މީގެއިތުރުން، ކާރާއި ސައިކަލު ބޭނުންކޮށްގެން ޤަވާއިދާ ޚިލާފަށް ޓެކްސީގެ ޚިދުމަތްދޭ ދެ ޖިންސުގެ ބިދޭސީން މިހާރު މާލެ ސަރަޙައްދުގައި އުޅޭކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

އެއްވެސް ހުއްދައެއް ނެތި، ޤަވާއިދާ ޚިލާފަށް ބިދޭސީން މިފަދަ ވިޔަފާރިތައް ކުރަމުންދާތީ، އަމިއްލަ މަސައްކަތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ދިވެހީންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ ޢާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ މި އޮޕަރޭޝަނުގެ މަޤްޞަދަކީ ދިވެހީންގެ ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް ހުއްޓުވައި، ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ތެރެއަށް ބިދޭސީންގެ ކަންކަން ފެއްތުމެވެ. ޓާސްކްފޯހުން ދަނީ މިފަދަ ވިޔަފާރިތައް ހިންގާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450