Ads by Farudhun

ޚަބަރު

ޕަބްލިކް ހެލްތު ފަންކްޝަންސްއާ ގުޅޭ ގައުމީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޕަބްލިކް ހެލްތު ފަންކްޝަންސްއާ ގުޅޭ ގައުމީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޕަބްލިކް ހެލްތު ފަންކްޝަންސްއާ ގުޅޭ ގައުމީ މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ހެލްތު މިނިސްޓްރީ

farudhun logo

ފަރުދުން

23 ނޮވެމްބަރު 2026، 11:23

23 ނޮވެމްބަރު 2026، 11:23

ދިވެހިރާއްޖޭގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޢާންމު ޞިއްޙަތުގެ އަސާސީ ޚިދުމަތްތައް ކަނޑައަޅައި މެޕްކުރުމަށްޓަކައި، "އެސެންޝަލް ޕަބްލިކް ހެލްތު ފަންކްޝަންސް" (އީ.ޕީ.އެޗް.އެފް) އާ ގުޅޭ ފުރަތަމަ ޤައުމީ މަސައްކަތު ބައްދަލުވުން މިއަދު މާލޭގައި ފަށައިފިއެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އަލްފާޟިލާ ޤީލާ ޢަލީއެވެ. މި ހަފްލާގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިންގެ އިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، މެޑަމް ޕޭޑެން އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީގެ މަންދޫބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ޑަބްލިޔު.އެޗް.އޯގެ ފަންނީ އެހީތެރިކަމާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި، ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތައް ތަމްސީލުކުރާ 45 ބައިވެރިން ބައިވެރިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ 12 އީ.ޕީ.އެޗް.އެފް ދިވެހިރާއްޖޭގެ ޙާލަތާ ގުޅުވައިގެން ކަނޑައެޅުމާއި، އެ ޚިދުމަތްތައް ފޯރުކޮށްދޭނީ ކޮން ފަރާތްތަކަކުން އަދި ކޮން ތަންތަނަކުންކަން ދެނެގަތުމެވެ. މީގެއިތުރުން، މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 'ނޭޝަނަލް ޕަބްލިކް ހެލްތު ވޯކްފޯސް ރޯޑްމެޕް 2027–2031' އަދި ގުޅުންހުރި ޤައުމީ އެހެނިހެން ޕްލޭންތައް އެކުލަވާލެވިގެންދާނެ ކަމަށް އެޗް.ޕީ.އޭ އިން މަޢުލޫމާތު ދެއެވެ.

މި މުހިންމު ހަރަކާތަކީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އާއި، ޑަބްލިޔު.އެޗް.އޯ އަދި ޗައިނާ އެއިޑްގެ ދީލަތި އެހީތެރިކަމާއެކު އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450