Ads by Farudhun

ޚަބަރު

ސަޢޫދީއަށް ޙޫޘީން ދިން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސަޢޫދީއަށް ޙޫޘީން ދިން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޚާރިޖީ ވުޒާރާ/ފޮޓޯ: މުޅި ރާއްޖެ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ނޮވެމްބަރު 2026، 09:15

24 ނޮވެމްބަރު 2026، 09:15

ސަޢޫދީ ޢަރަބިއްޔާގެ ޢާންމު ރައްޔިތުންނާއި އިޤްތިޞާދީ މަރުކަޒުތަކަށް އަމާޒުކޮށް ޙޫޘީ ހަނގުރާމަވެރިން މެދުކެނޑުމެއްނެތި ދެމުންގެންދާ ޙަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސަޢޫދީގެ ވެރިރަށް ރިޔާޟުގެ ޢާންމު ރައްޔިތުންނަށާއި އިޤްތިޞާދީ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ދާދިފަހުން ޙޫޘީން ދިން ޙަމަލާތައް ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. މި ޙަމަލާގެ ސަބަބުން ރިޔާޟުގައި ހުންނަ ކިންގް ޢަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

ޙޫޘީން ތަކުރާރުކޮށް ދެމުންދާ މިފަދަ ޙަމަލާތަކަކީ ސަޢޫދީ ޢަރަބިއްޔާގެ އިސްތިޤްލާލަށާއި ސަރަޙައްދީ ނަޒާހަތްތެރިކަމަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކާއި ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއް ކަމުގައި ރާއްޖެއިން ފާހަގަކުރެއެވެ. 

އަދި ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ، ސަރަޙައްދުގެ ޞުލްޙަމަސަލަސްކަމާއި، އަމަންއަމާންކަމާއި ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ މިފަދަ ޢަދާވާތްތެރި ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން، ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި، އެ ޤައުމުގެ ރައްޔިތުންނާއި އެކުގައިކަން ޚާރިޖީ ވުޒާރާގެ ބަޔާނުގައި ކަށަވަރުކޮށްދެއްވާފައިވެއެވެ. އަދި ސަޢޫދީގެ އިސްތިޤްލާލާއި، ސަލާމަތާއި، ސަރަޙައްދީ ނަޒާހަތްތެރިކަން ދެމެހެއްޓުމަށާއި، ދެ ޙަރަމްފުޅު ރައްކާތެރިކުރުމަށް ޓަކައި އެ ޤައުމުން އަޅަމުންގެންދާ އެންމެހައި ފިޔަވަޅުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އަބަދުވެސް އޮންނާނެކަން އެ ބަޔާނުގައި ވަނީ ތަކުރާރުކޮށް ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަބަދުވެސް ވަކާލާތު ކުރަމުންދަނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި، ސައޫދީ އަރަބިއްޔާ ފަދަ ގާތް ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450