Ads by Farudhun

ޚަބަރު

ވައިގެމަގުން އެތެރެކުރަން އުޅުނު 3.5 ކިލޯގެ ކެނެބިސް އަތުލައިގެންފި

ވައިގެމަގުން އެތެރެކުރަން އުޅުނު 3.5 ކިލޯގެ ކެނެބިސް އަތުލައިގެންފި

ރާއްޖެ އެތެރެކުރަނ އުޅެނިކޮށް ކުރިން ކަސްޓަމްސްއިން އަތުލައިގަނެފައިވާ މަސްތުވާތަކެތި / ފޮޓޯ: ކަސްޓަމްސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ނޮވެމްބަރު 2026، 10:04

24 ނޮވެމްބަރު 2026، 10:04

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯއަށް ވުރެ ގިނަ ކެނެބިސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގަނެފައި ވަނީ 22 ނޮވެންބަރު 2026 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރެއިންނެވެ. އެ ޝިޕްމަންޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ.

އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އަތުލައިގަނެވުނު ތަކެތީގެ ޖުމްލަ ބަރުދަނުގައި 3,510 ގްރާމް (3.51 ކިލޯގްރާމް) ހުރި ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން އަންނަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައި، ޗެކްކުރުމުގެ ކަންކަން ވަރުގަދަކުރަމުންނެވެ.



މި މައްސަލައިގައި 3.5 ކިލޯއަށްވުރެ ގިނަ ކެނެބިސް އަތުލައިގެންފައިވާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި މުހިންމު އިސްލާޙަށް ދާދިފަހުން ވަނީ އަމަލުކުރަން ފަށާފައެވެ. 

އަމަލުކުރަން ފެށި އިސްލާޙުގައިވާ ގޮތުން، ވަކި މިންވަރަކަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅޭނެއެވެ. އެއީ:

  • ކެނެބިސް: 350 ގްރާމަށްވުރެ އިތުރުނަމަ
  • ޑައިމޯފިން: 250 ގްރާމަށްވުރެ އިތުރުނަމަ
  • އެހެނިހެން މަސްތުވާތަކެތި: 100 ގްރާމަށްވުރެ އިތުރުނަމަ

މި އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން ޙުކުމް ކުރުމުންނެވެ. އިއްތިފާޤުން މަރުގެ ޙުކުމް ކަނޑަނާޅުއްވާނަމަ، އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ ކުށްވެރިންނަށް އަދަބު މަޢާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެ ކަމަށާއި، ޕެރޯލްގެ ދަށުން ދޫނުކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން، މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ނިޒާމު ހަރުދަނާކޮށް، ވައިގެ މަގުންނާއި ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އޮފިސަރުންނާއި ފުލުހުންނަށް ލިބިދޭ ބާރުތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މި ބަދަލު ގެނައުމުގެ އިތުރުން، ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތުތައް ބަޔާންކުރާ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ޓަކައި "މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޛުކުރުމާބެހޭ ބިލު" ސަރުކާރުގެ ފަރާތުން ދާދިފަހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450