Ads by Farudhun

ޚަބަރު

ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާ ރާއްޖެ އަތުވެއްޖެ

ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާ ރާއްޖެ އަތުވެއްޖެ

ރާއްޖެއައި ކްރޫޒްލައިނާ "ކޯޑެލިއާ އެމްޕްރެސް"

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ނޮވެމްބަރު 2026، 12:30

24 ނޮވެމްބަރު 2026، 12:30

ދެހާހަށްވުރެ ގިނަ ފަތުރުވެރިންނާއެކު މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާގެ ކޮޗިނުން ފުރައިގެން ރާއްޖެ އައި "ކޯޑެލިއާ އެމްޕްރެސް" ނަމަކަށް ކިޔާ މި ބޯޓުގައި 1500 އަށްވުރެ ގިނަ ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން ޖުމްލަ 2100 އަށްވުރެ ގިނަ މީހުން ވަނީ އައިސްފައެވެ. ރާއްޖޭގައި އެއް ދުވަހު ބަނދަރުކުރުމަށްފަހު، މާދަމާގެ ވަގުތެއްގައި މި ބޯޓު ދެން ފުރާނީ ސްރީލަންކާގެ ކޮލަމްބޯއަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ސީޒަނުގައި މި ކްރޫޒްލައިނާއިން ރާއްޖެއަށް އިތުރު 14 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޯޑެލިއާ އެމްޕްރެސް ފުރުމަށްފަހު، އެންމެ އަވަހަށް ރާއްޖެ އަންނަން ތާވަލުކޮށްފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު އަންނަ "މެއިން ޝިފް 6" އެވެ.

ރާއްޖޭގެ ކްރޫޒްލައިނާ އެޖެންޓުންގެ ޖަމިއްޔާ "މާޔާ" އިން ހާމަކޮށްފައިވާ ތާވަލުގައިވާ ގޮތުން، މި ހިނގާ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކްރޫޒްލައިނާތަކުގެ ޖުމްލަ 34 ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތަށް ރާއްޖެ އަންނަ ކްރޫޒްލައިނާތަކުގެ ފަތުރުވެރިން މާލެއަށް ފައިބައި، ވެރިރަށުގެ ތާރީޚީ ބިނާތަކާއި ބާޒާރުމަތީގެ ސަރަޙައްދުތަކަށް ޒިޔާރާތްކުރެއެވެ. މިއީ ރާއްޖޭގެ ލޯކަލް ވިޔަފާރިތަކަށާއި، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450