Ads by Farudhun

ޚަބަރު

ޒުވާނުން ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުމަށް ބާއްވާ ވަރަ އެކްސްޕޯ ބުރާސްފަތީގައި ފަށަނީ

ޒުވާނުން ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުމަށް ބާއްވާ ވަރަ އެކްސްޕޯ ބުރާސްފަތީގައި ފަށަނީ

2025 ވަނަ އަހަރުގެ ވަރަ އެކްސްޕޯ / ފޮޓޯ: އެމްއެންޔޫ

farudhun logo

ފަރުދުން

24 ނޮވެމްބަރު 2026، 09:14

24 ނޮވެމްބަރު 2026، 09:14

ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026" ކުރިއަށް އޮތް ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސްޕޯ ކުރިއަށްދާނީ މި ހިނގާ މަހުގެ 26 އިން 28 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މިއީ ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯއެވެ. މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މަޢުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.

ޖުމްލަ 158 އެގްޒިބިޓަރުންނާއެކު ކުރިއަށްދާ މި އެކްސްޕޯ ބަހާލެވިފައިވަނީ މައިގަނޑު 4 ޒޯނަކަށެވެ. އެއީ:

  • ކެރިއަރ ޒޯން: 34 ބައިވެރިން
  • އެޑިއުކޭޝަން ޒޯން: 32 ބައިވެރިން
  • ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން: 19 ބައިވެރިން
  • މާކެޓް ޒޯން: 73 ބައިވެރިން

މި އެކްސްޕޯ ވެގެންދާނީ ތަޢުލީމީ މަރުޙަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ އައު ފުރުޞަތުތައް ހޯދަން އެދޭ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތާއި މަގުދެއްކުން ލިބިގެންދާނެ މުހިންމު މަންސައަކަށެވެ. އެހެންކަމުން، ވީހާވެސް ގިނަ ޒުވާނުންނާއި ޢާންމު ރައްޔިތުން މި އެކްސްޕޯއަށް ޒިޔާރަތްކުރުމަށް، ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން އެދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450