Ads by Farudhun

ޚަބަރު

ރައްޓެއްސަކު ބުނެގެން ބަނގުރާ ފުޅިތަކަކާ ހަވާލުވި ކަމަށް ބުނި މީހަކު ހައްޔަރުކޮށް ބަންދުކޮށްފި

ރައްޓެއްސަކު ބުނެގެން ބަނގުރާ ފުޅިތަކަކާ ހަވާލުވި ކަމަށް ބުނި މީހަކު ހައްޔަރުކޮށް ބަންދުކޮށްފި

ބަނގުރާ ކަމަށް ޝައްކު ކުރެވޭ ފުޅިތަކެއް - ފޮޓޯ: ފުލުހުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

24 ނޮވެމްބަރު 2026، 09:24

24 ނޮވެމްބަރު 2026، 09:24

ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއެކު ހައްޔަރުކުރި މީހަކު، އެ ތަކެއްޗާ ހަވާލުވީ ރައްޓެއްސަކު އެދިގެން ކަމަށް ބުނެފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހދ. ވައިކަރަދޫއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން ބަނގުރާ ކަމަށް ބެލެވޭ ދިޔާއެއްޗެއް އަޅާފައި ހުރި ހަ ފުޅި ފެނުމާ ގުޅިގެންނެވެ.

މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ އެ ފުޅިތަކަކީ އޭނާގެ ރައްޓެއްސަކު ބުނެގެން ހަވާލުވި ތަކެތި ކަމަށް ބުނެ ދިފާއުގައި ވާހަކަ ދައްކާފައެވެ. ނަމަވެސް، ކޯޓުން ވަނީ މި މައްސަލައިގެ ތަހުގީގަށް އޭނާގެ ބަންދަށް 7 ދުވަހުގެ މުއްދަތަށް ބަންދު ކުރަން އަމުރުކޮށްފައެވެ. ދީފައެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މީހާއަކީ މީގެ ކުރިން އެއްވެސް ކުށެއްގެ ރެކޯޑެއް އޮތް ނުވަތަ ބަންދުކޮށްފައިވާ މީހެއް ނޫނެވެ.

ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަތުމަށް ފުލުހުން ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުން އަންނައިރު، މިފަދަ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 16،852 ބަނގުރާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ދާދިފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ. މީގެއިތުރުން، އެ މުއްދަތުގައި ޖުމްލަ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450