Ads by Farudhun

ޚަބަރު

އަބުރު ކަތިލެވޭ ގޮތަށް ދޮގު ވާހަކަ ފެތުރި މީހާއާ ދެކޮޅަށް ދަޢުވާ ކުރަން ނިންމައިފިން: ޑރ. މުޒުނީ

އަބުރު ކަތިލެވޭ ގޮތަށް ދޮގު ވާހަކަ ފެތުރި މީހާއާ ދެކޮޅަށް ދަޢުވާ ކުރަން ނިންމައިފިން: ޑރ. މުޒުނީ

ޑރ. މުޒުނީ---

farudhun logo

ފަރުދުން

24 ނޮވެމްބަރު 2026، 10:14

24 ނޮވެމްބަރު 2026، 10:14

މަޝްހޫރު ކަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. ޢަލީ މުޒްނީގެ އަބުރު ކަތިލެވޭ ގޮތަށް މީސްމީޑިއާގައި ދޮގު ވާހަކަ ފެތުރި ފަރާތާ ދެކޮޅަށް އަބުރުގެ ދަޢުވާ ކުރުމަށް ނިންމަވައިފިއެވެ.

ޑރ. މުޒްނީ މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް އާންމުކުރެއްވި ޕޯސްޓެއްގައެވެ.

ފަހަކަށް އައިސް މީސްމީޑިއާގެ އެކި މަންސަތަކުގައި އާންމު ފަރާތަކުން ޑރ. މުޒްނީއާ ގުޅުވައިގެން ތަފާތު ވާހަކަތަކެއް ފަތުރަމުންދާތީ، އެކަން ހަރުކަށި އިބާރާތުން ދޮގުކުރައްވަމުން ޑރ. މުޒްނީ ވިދާޅުވީ، އެއީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޑރ. މުޒުނީ ވިދާޅުވީ "އަޅުގަނޑަށް ނިސްބަތްކޮށް އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކޮށްފައިވާތީ، އެ ދޮގު ތުހުމަތުކުރި ފަރާތާއި ދެކޮޅަށް އަބުރުގެ ދައުވާކުރުމަށް ނިންމައިފީމެވެ."

ރާއްޖޭގެ ޞިއްޙީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ޑރ. މުޒްނީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކޮށްފައިވާ މި ތުހުމަތުތަކަކީ އެމަނިކުފާނުގެ އިތުބާރު ގެއްލުވާލައި އަބުރު ކަތިލުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ. އެހެންކަމުން މި މައްސަލައިގައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450