Ads by Farudhun

ޚަބަރު

ހުވަދޫ ކަނޑަށް ގެއްލުނު ސިފައިންގެ އޮފިސަރު އިއްބެ ނިޔާވި ކަމަށް ކަނޑައަޅައި، ކަށުނަމާދު ބާއްވަން ނިންމައިފި

ހުވަދޫ ކަނޑަށް ގެއްލުނު ސިފައިންގެ އޮފިސަރު އިއްބެ ނިޔާވި ކަމަށް ކަނޑައަޅައި، ކަށުނަމާދު ބާއްވަން ނިންމައިފި

އަލްމަރުހޫމް އިބުރަހީމް އަހުމަދު - ފޮޓޯ: ފަރުދުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

24 ނޮވެމްބަރު 2026، 09:14

24 ނޮވެމްބަރު 2026، 09:14

ހުވަދޫ ކަނޑަށް ބަންޑުން ޖަހާލި ސަޕްލައި ދޯންޏެއް ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ސިފައިންގެ އޮފިސަރު، ގދ. ތިނަދޫއަށް ނިސްބަތްވާ އިބްރާހިމް އަހްމަދު (އިއްބެ) ނިޔާވެފައިވާ ކަމަށް ރަސްމީކޮށް ކަނޑައަޅައިފިއެވެ.

އުމުރުން 39 އަހަރުގެ އިއްބެ ނިޔާވި ކަމަށް ކަނޑައަޅާފައިވަނީ  މިދިޔަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. އޮގަސްޓް 5 ގައި ހުވަދޫ ކަނޑަށް ފެތުނު މި ދޯނިން މުދަލާއި އުޅަނދު ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް އިއްބެގެ އިތުރުން ފުލުހުންގެ އޮފިސަރަކާއި، އެ ދޯނީގެ ދިވެހި ކެޕްޓަންވެސް ވަނީ ގެއްލިފައެވެ.

ކަށުނަމާދު ޕޭޖުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މަރްހޫމް އިބްރާހިމް އަހްމަދުގެ މައްޗަށް ކުރެވޭ ޣައިބަށް ކަށުނަމާދު ކުރުން އޮންނާނީ މި ހިނގާ ނޮވެމްބަރު މަހުގެ 27 ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު، މާލޭގެ މަސްޖިދުލް މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދުގެ ފުންމިން ގާތްގަނޑަކަށް 1،600 މީޓަރަށް ވުރެ ފުން ކަމަށް ބެލެވެއެވެ. އަދި އެއީ އާދައިގެ ގޮތެއްގައި އިންސާނުންނަށް ޑައިވްކޮށް ހޯދޭނެ ފުންމިނަކަށް ނުވާތީ، ގެއްލުނު ތިން މީހުން ދިރިތިއްބާ ނުވަތަ އެމީހުންގެ ހަށިގަނޑު ފެނުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ސިފައިން ވަނީ ފާހަގަކޮށްފައެވެ.

ގައުމީ ހިދުމަތުގައި ފުރާނަ ދޫކޮށްލި އިއްބެގެ ހަނދާނުގައި އަދި އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ފަދަ ސަދަގާތެއްގެ ގޮތުން މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. ތިނަދޫގައި އިޖުތިމާއީ އެކި ހަރަކާތްތައް ހިންގާ "ލޮކާސް" ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއަށް އާންމުންގެ އެހީތެރިކަމަށް ހުޅުވާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ލޮކާސް އިން ރާވާފައިވަނީ ބަންގްލަދޭޝްގެ 950 އަކަފޫޓުގެ ބިމެއްގައި، އެއްފަހަރާ 120 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް އިއްބެގެ ނަމުގައި ބިނާކުރުމަށެވެ. ޖުމްލަ 300،000 (ތިން ލައްކަ) ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ މި މިސްކިތުގެ މަސައްކަތުގައި ވީހާވެސް ގިނަ ދީލަތި ފަރާތްތަކަކުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450