Ads by Farudhun

ޚަބަރު

އަންނަ މަހު ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފަށަނީ

އަންނަ މަހު ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފަށަނީ

އާރްޓިއެލް ފެރީ/ ފޮޓޯ: އެމްޓީސީސި

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

25 ނޮވެމްބަރު 2026، 09:36

25 ނޮވެމްބަރު 2026، 09:36

މިއަންނަ ޑިސެންބަރު މަހު އައްޑޫ ސިޓީގެ ހުޅުމީދޫ އަދި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ނިންމާފައި ވަނީ މިއަންނަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުގައެވެ. މި ރޫޓާއެކު ގަމާއި ހުޅުމީދޫއާ ދެމެދު ކުރެވޭ ދަތުރުފަތުރު އިތުރަށް ފަސޭހަވެ، ކަސްޓަމަރުންނަށް އަވަސް ހިދުމަތެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްޓީސީސީއިން ވަނީ މި ދަތުރުގެ ޝެޑިއުލްތައް އާއްމުކޮށްފައެވެ. އެގޮތުން، އެ ކުންފުނިން މިކަމަށް ޓަކައި ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ސްކޭން ކުރުމުން ފެރީތަކުގެ ޝެޑިއުލް ފެނިގެންދާނެއެވެ.



މި ދަތުރުތަކާގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމުން ލިބޭނެ ކަމަށް ވެސް އެމްޓީސީސީ އިން ބުނެފައިވެއެވެ.

އަދުގެ ސަރުކާރަށް ތިން އަހަރު ވެފައިވާއިރު އަދުގެ ސަރުކާރުން ވަނީ ދަތުރު ފަތުރުގެ ހިދުމަތްތައް ފުޅާކޮށް އާންމުންނަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެ ގޮތުން އާރުޓީއެލް ފެރީގެ ހިދުމަތް ގިނަ އަތޮޅުތަކަށް މިހާރު ލިބޭއިރު، މާލޭ ސަރަހައްދުގެ އިތުރުން އެހެނިހެން ރަށްތަކުގައިވެސް އެމްޓީސީސީ ބަހުގެ ހިދުމަތް ލިބެއެވެ. އަދި ޓެކްސީގެ ހިދުމަތް އާންމުންނަށް ލުއިފަސޭހައިން ލިބޭނެ ގޮތް އިންތިޒާމްކޮށްދިނުމަށް މާލޭ ޓެކްސީ ލައިންގެ ނަމުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ވެސް ސަރުކާރުން ވަނީ ފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450