Ads by Farudhun

ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފަށް އުޅުނު 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ފޮޓޯ: އިމިގްރޭޝަން

farudhun logo

ފަރުދުން

25 ނޮވެމްބަރު 2026، 01:28

25 ނޮވެމްބަރު 2026، 01:28

 ގަވާއިދާ ހިލާފަށް ކ. ހުރާގައި އުޅުނު 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި ކ. ހުރާގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 06:00 އިން ފެށިގެން ހަވީރު 05:00 އަށެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރާ ބިދޭސީން ބަލައިފާސްކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ވެސް ބުނެފައިވެއެވެ.



މި އޮޕަރޭޝަނުގައި 341 މީހުން ބަލައިފާސްކޮށްފައިވާ ކަމަށާއި އޭގެތެރެއިން 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އަދުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މި ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ނެރެފައިވާ ފޮތުގައި ވާ ގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް 449 ރެއިޑް އޮޕަރޭޝަން ހިންގައި، 12,884 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާފައިވެއެވެ. އަދި "އޮޕަރޭޝަން ކުރަނގީ"ގެ ދެވަނަ ފިޔަވަހި ނިމި މިހާރު ވަނީ، ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށާފައިވާއިރު މި ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް ފުރިހަމަ ނުކުރާ އަދި ގަވާއިދާ އެއްގޮތްނުވާ ފަރާތްތައް ދެނެގަނެ، ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން ދައުލަތަށް ނުލިބި ހުރި ބިދޭސީންގެ ފީތަކާއި ޖޫރިމަނާގެ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 565 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450