Ads by Farudhun

ޚަބަރު

ބޮޑެތި މީހުންގެ އިހުމާލުން ސޯޝަލް މީޑިއާގައި ކުދިން ނުރައްކަލަށް ހުށަހެޅޭނަމަ ފިޔަވަޅު އަޅަނީ: ވަޒީރު

ބޮޑެތި މީހުންގެ އިހުމާލުން ސޯޝަލް މީޑިއާގައި ކުދިން ނުރައްކަލަށް ހުށަހެޅޭނަމަ ފިޔަވަޅު އަޅަނީ: ވަޒީރު

ދާޚިލީ ވަޒީރު އިހްސާން. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 ނޮވެމްބަރު 2026، 09:00

26 ނޮވެމްބަރު 2026، 09:00

ބޮޑެތި މީހުންގެ އިހުމާލުން ސޯޝަލް މީޑިއާގައި ކުޑަކުދިން ނުރައްކަލަށް ހުށަހެޅޭ ހާލަތްތަކުގައި އެޅޭނެ ޤާނޫނީ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ސޯޝަލް މީޑިއާގައި ހިނގާ އެކި ކަންކަމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން ކުޑަކުދިންގެ އުމުރު އޮޅުވާލައިގެން ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުމާއި، ބެލެނިވެރިންގެ އިހުމާލުން ހިނގާ ކަންކަމުގެ އިތުރުން، ބޮޑެތި މީހުން މެދުވެރިވެގެން ކުޑަކުދިން ލައްވާ ކުށް ކުރުވުމާއި، ކުށުގެ މާހައުލަށް ކުދިން ހުށަހެޅޭ ގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް އޮތުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިހާރުގެ ޤާނޫނުތަކުގައި ވެސް ކުޑަކުދިން ރައްކާތެރިކުރުމަށް ޚާއްސަ މާއްދާތަކެއް ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅުމަކީ ޤާނޫނީ ގޮތުން ކުށެއްގެ ގޮތުގައި މިހާރު ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

"ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމާއި، ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅުމަކީ ކުށެއް ކަމަށް ކަނޑައަޅާފައި އެބަހުރި. މިކަން ތަންފީޒުކުރާ ޤައުމުތަކުގައި އެބަހުރި މި އެންގަލްއިން މަސައްކަތް ކޮށްފައި. ކުޑަކުދިން އެކައުންޓް ހަދާއިރު ގެނެވޭނެ ރިސްޓްރިކްޝަންތަކާއި، ގެނެވޭނެ ހައްލުތަކާއި، ބޮޑު މީހަކު އިންވޯލްވެގެން އެކްސްޕޯޝަރއަށް ގޮއްސިއްޔާ އަމަލުކުރާނީ ކިހިނެތްތޯ،" 

ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ކުޑަކުދިން ބޭނުންކުރާ ނޭދެވޭ އެޕްލިކޭޝަންތައް ހުއްޓުވުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ފިޔަވަޅު އެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ކުޑަކުދިންނާ ނުގުޅޭ ޕްލެޓްފޯމްތައް ބޭނުންކުރުން ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ބޭރު ޤައުމުތަކުގެ ތަޖުރިބާއާއި އުސޫލުތައް ދިރާސާކުރުމަށްފަހު އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450