Ads by Farudhun

ޚަބަރު

ކޯޓުން ބޭރުގައި ހުރުމަތް ކަނޑައިފިނަމަ ބޮޑު ޖޫރިމަނާއަކާއި ޖަލު އަދަބެއް ކަނޑައަޅަން ބިލެއް ހުށަހަޅައިފި

ކޯޓުން ބޭރުގައި ހުރުމަތް ކަނޑައިފިނަމަ ބޮޑު ޖޫރިމަނާއަކާއި ޖަލު އަދަބެއް ކަނޑައަޅަން ބިލެއް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ހައިކޯޓް. ފޮޓޯ:އެޓޯލް ޓައިމްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ނޮވެމްބަރު 2026، 09:28

26 ނޮވެމްބަރު 2026، 09:28

ކޯޓުން ބޭރުގައި ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ހިންގައިފި ނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ގިނަވެގެން ތިން މަސް ދުވަހަށް ޖަލަށް ލެވޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ.

މި ބިލުގައި ވަނީ ޝަރީއަތުގެ މަޖިލީހުގެ ތެރޭގައާއި، ކޯޓުގެ ތެރޭގައި އަދި ޝަރީއަތުގެ މަޖިލީހުން ބޭރުގައި ވެސް ހުރުމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބެލެވޭނެ ހާލަތްތައް ތަފުސީލުކޮށް ބަޔާންކޮށްފައެވެ.

އެގޮތުން ޝަރީއަތުގެ މަޖިލީހުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭ ކަންތައްތަކުގެ ތެރޭގައި ފަނޑިޔާރަކަށް، ކޯޓުގެ މުވައްޒަފަކަށް ނުވަތަ ޝަރީއަތަށް ހާޒިރުވެ ހުރި މީހަކަށް މަލާމާތްކޮށް ފުރައްސާރަކުރުމާއި، ބަދުބަސް ބުނުން ހިމެނެއެވެ. އަދި ހުއްދަ ނެތި ޝަރީއަތުގެ މަޖިލީހުގެ އަޑު ނުވަތަ މަންޒަރު ރެކޯޑުކުރުމާއި، މަޖިލީހުގެ ނިޒާމު ގެއްލޭ ފަދަ ގޮތަކަށް އަޑުގަދަކޮށް ހަމަނުޖެހުން ހިންގުމާއި، މަގުބޫލު އުޒުރެއް ނެތި ހެކިބަސް ނުވަތަ މައުލޫމާތު ދިނުމަށް އިންކާރުކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރެއްގެ ނުވަތަ މުވައްޒަފެއްގެ ގައިގައި ނުރުހުމުގައި އަތްލުމާއި، އަނިޔާ ދިނުމާއި، ކޯޓުގެ މުދަލަށް ގެއްލުން ދިނުމަކީ ވެސް މަޖިލީހުގެ ތެރޭގައި ހުރުމަތް ކެނޑުމެވެ.

ޝަރީއަތުގެ މަޖިލީހުން ބޭރުގައި ހުރުމަތް ކެނޑުމުގެ އަމަލުތަކުގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައިވަނީ ކޯޓަކުން ނެރެފައިވާ އަމުރަކަށް ނުވަތަ ހުކުމަކަށް ގަސްތުގައި ނުކިޔަމަންތެރިވުމާއި، ފަނޑިޔާރަކަށް، މުވައްޒަފަކަށް ނުވަތަ ހެކިވެރިއަކަށް ބިރުދައްކައި ނުވަތަ ރިޝްވަތު ދީގެން ޝަރީއަތަށް ހުރަސްއެޅުމެވެ. އަދި ހިނގަމުންދާ ޝަރީއަތެއްގެ އަދުލުވެރިކަމަށް ހުރަސްއެޅޭ ގޮތަށް ނުވަތަ ފަނޑިޔާރަކާ މެދު އާންމުންގެ އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ދެއްކުމާއި ޝާއިއުކުރުމުގެ އިތުރުން، ހުއްދަނެތި ނަގާފައިވާ ޝަރީއަތުގެ އަޑާއި ފޮޓޯ އާންމުކުރުން ވެސް ހިމެނެއެވެ.

އަދަބުތަކަށް ބަލާއިރު، ޝަރީއަތުގެ މަޖިލީހުގެ ތެރޭގައި ކޯޓުގެ ހުރުމަތް ކަނޑައިފި ނަމަ އެ މީހަކު 25،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 14 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވިދާނެ ކަމަށް ބިލުގައިވެއެވެ.

ޝަރީއަތުގެ މަޖިލީހުން ބޭރުގައި ހުރުމަތް ކެނޑުމުގެ އަމަލެއް ހިންގައިފި ނަމަ، 100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ގިނަވެގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ފަނޑިޔާރަށް ލިބިގެންދާނެއެވެ. ނަމަވެސް ޖަލު އަދަބެއް ކަނޑައެޅޭނީ އެ އަމަލެއް ހިންގާފައިވަނީ ގަސްދުގައިކަން ސާބިތުވާ ހާލަތުގައި ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450