Ads by Farudhun

ޚަބަރު

ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

farudhun logo

ފަރުދުން

26 ނޮވެމްބަރު 2026، 09:48

26 ނޮވެމްބަރު 2026، 09:48

ހުޅުމާލޭގައި ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭ އެ އިދާރާއިން ވަނީ، ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވީ 22:50 އެހާކަންހާއިރުއެވެ.

އެ ސަރަހައްދު ބަލައިފާސްކުރުމުގައި އެތަނުގައި ހުރި މީހަކު ބަލައިފާސްކޮށްފައިވާ ކަމަށާއި އޭނާ ހުރިތަނުގެ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާއިރު އެ ސަރަހައްދު އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި އިތުރު 2 ބަޔޯނެޓް ފެނިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ގޭންގު މާރާމާރީ ހުއްޓުވުމަށް އަދުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ގޭންގުތަކުން ކުރާ ކުށްތައް ހުއްޓުވުމާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކޮށްދެއްވިއެވެ. އޭގެ އިތުރުން އިންތިޒާމްވެގެން ކުށްކުރާ ގުރޫޕްތަކުގެ މައްސަލަތައް،ގޭންގު ލީޑަރުންގެ ގޮތުގައި ނުހައްގު މުއްސަނދިކަން ހޯދާ މައްސަލަތައް، ކުޑަކުދިން ގޭންގު ކުށްތަކުގައި ބޭނުންކުރާ މައްސަލަތަކަށް މިހާރު ދަނީ އެކި މަރުހަލާތަކުގައި ބަލައި ފިޔަވަޅު އަޅަމުންނެވެ. މި ގޮތުން ކުރެވުނު މަސައްކަތްތަކުން މި ވޭތުވެދިޔަ 3 އަހަރު ވެފައިވަނީ ނުރައްކާތެރި ކުށް އެންމެ މަދު 3 އަހަރަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450