Ads by Farudhun

ޚަބަރު

ހޭންޑްބޯލް މޯލްޑިވްސް އޮފީސް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހޭންޑްބޯލް މޯލްޑިވްސް އޮފީސް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފޮޓޯ: އެމްއެންޑީއެފް

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

26 ނޮވެމްބަރު 2026، 10:25

26 ނޮވެމްބަރު 2026، 10:25

ހޭންޑްބޯލް މޯލްޑިވްސް އޮފީސް އިމާރާތުގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގި ކަމުގެ މައުލޫމަތު ލިބިފައިވަނީ މިއަދު ހެނދުނު 06:05 އެހާ ކަންހާއިރުއެވެ.  ހާދިސާއެއް ހިނގިކަމުގެ މައުލުމާތު ލިބުމާއެކު ފަޔާ ފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މި އަލިފާންގަނޑު  އިތުރަށް ފެތުރިގެން ދިޔަނުދީ، 06:21 ހާއިރު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވާ ކަމަށާއި އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ސިފައިން ކުރި އަވަސް މަސައްކަތުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. 



މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި ހާދިސާގައި  އަލިފާން ރޯވި އިމާރަތަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ނުލިބޭ ކަމަށެވެ.

ހޭންޑްބޯލް މޯލްޑިވްސް އެފީސް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު ރޭ ދަންވަރު ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450