Ads by Exprox

ޚަބަރު

ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމުން ޔޫސުފް ޢަބްދުލްޣަފޫރު ވަކިކޮށްފި!

ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމުން ޔޫސުފް ޢަބްދުލްޣަފޫރު ވަކިކޮށްފި!

މަޤާމުން ވަކިކުރި ޔޫސުފް ޢަބްދުލްޣަފޫރު. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2024، 05:24

08 ސެޕްޓެމްބަރު 2024، 05:24

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޔޫސުފް ޢަބްދުލްޣަފޫރު އެ މަޤާމުން ވަކިކޮށްފިއެވެ.

އޭނާ މަޤާމުން ވަކި ކޮށްފައިވަނީ މިމަހު 5 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، އޭނާ މަޤާމުން ވަކިކުރި ސީދާ ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޔޫސުފް ޢަބްދުލްޣަފޫރު ސްޓޭޓް މިނިސްޓަރުކަމުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޔޫސުފް އަބްދުލްޣަފޫރަކީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެއް ކަން ފާހަގަކޮށްލަންޖެހެއެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco