Ads by Farudhun

ޚަބަރު

3 ވަނަ ޙައްޖު އުމުރާ ކޮންފަރެންސާއި އެގްޒިބިޝަން ފަށައިފި

3 ވަނަ ޙައްޖު އުމުރާ ކޮންފަރެންސާއި އެގްޒިބިޝަން ފަށައިފި

ތިންވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ނޮވެމްބަރު 2026، 01:51

26 ނޮވެމްބަރު 2026، 01:51

އިސްލާމީ ކަންތައްތަކާއި އައުގާފާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ 3 ވަނަ ޙައްޖު އުމުރާ ކޮންފަރެންސް އަދި އެގްޒިބިޝަން ރަސްމީކޮށް ފަށައިފިއެވެ. މި މަހާސިންތާ ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަނީ ޙައްޖާއި އުމުރާގެ ކަންކަމަށް ޚާއްސަ އައު ޕޯޓަލްވެސް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޙައްޖާއި އުމުރާ ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންނާއި، ދީނީ ޢިލްމުވެރިންގެ އިތުރުން ޙައްޖާއި ޢުމުރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ، މި މަހާސިންތާއިން ޙާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ލަނޑުދަނޑިއަކީ ޙައްޖާއި ޢުމުރާގެ އިދާރީ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދިމާވާ ދަތިތަކަށް އެކަށޭނަ ޙައްލުތަކެއް ހޯދުމަށް މަގުފަހިކުރުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މިއީ ރާއްޖޭގައި އިސްލާމީ ވަޙްދަތާއި ޝިޢާރުތައް މަތިވެރިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ވަރަށް އުންމީދީ މަހާސިންތާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް ވިދާޅުވީ، މިއީ ޤައުމީ ފެންވަރުގެ މުހިންމު މަހާސިންތާއެއް ކަމަށާއި މައިގަނޑު މަޤްޞަދަކީ އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުން ކަމަށެވެ. އަދި ދިވެހިންނަށް ޙައްޖާއި ޢުމުރާގެ ޚިދުމަތް މެދުނުކެނޑި، އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އެދެވޭ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ދަތުރުފަތުރާއި ހުރުމުގެ އިންތިޒާމުތަކަށް ދިމާވި ދަތިތައް ޙައްލުކުރުމާއި، 'މައްކާ ރޫޓް އިނީޝިއޭޓިވް' ގެ ދަށުން ދިވެހި ޙައްޖާޖީންނަށް ލިބިގެންދިޔަ ލުއިފަސޭހަތައް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ވޭތުވެދިޔަ އަހަރު ޙައްޖާއި ޢުމުރާގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ކުރިއަށްގެންދިޔަ ކުންފުނިތަކުގެ އަގުވަޒަންކޮށް ޚާއްސަ އެވޯޑު ވަނީ ދީފައެވެ. އެގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން އެވޯޑު ޙާސިލުކުރި އަމިއްލަ 5 ކުންފުންޏަކީ:

މިސްކިޔާ ޕްރައިވެޓް ލިމިޓެޑް
އަލް ބުރޫޖު ހޯލްޑިންގްސް ލިމިޓެޑް
މީގާތު ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑް
އީމާން ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑް
ކުރިކީލަ އަލް ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑް

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450