Ads by Farudhun

ޚަބަރު

ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް އާރްޓީއެލްގައި ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި

ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް އާރްޓީއެލްގައި ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި

އެމްޓީސީސީ ބަހެއް ދަތުރުކޮށްފައިދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ނޮވެމްބަރު 2026، 06:02

26 ނޮވެމްބަރު 2026، 06:02

ތެލެސީމިއާއަށް ފަރުވާ ހޯދުމަށް އާރްޓީއެލް ފެރީއާއި ބަހުގައި ދަތުރުކުރާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފިއެވެ. މި އިންތިޒާމު ހަމަޖައްސާފައިވަނީ ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށެވެ.

ސަރުކާރުގެ މި ނިންމެވުމާ ގުޅިގެން، އަންނަ އާދީއްތަ ދުވަސް ކަމަށްވާ 29 ނޮވެންބަރު 2026 އިން ފެށިގެން، ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށާއި، އެ ފަރާތްތަކުގެ އެހީތެރިއަކަށް އާރްޓީއެލް ފެރީ އަދި ބަހުގެ ޚިދުމަތްތަކުގައި މުޅިން ހިލޭ ދަތުރުކުރެވޭނެއެވެ.

މި ޚިދުމަތާ ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ، ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ އަމާޒަކީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށްވެސް ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދަ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 ނުވަތަ 7369221 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450