Ads by Farudhun

ޚަބަރު

ސްޓެލްކޯގެ "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ކެމްޕޭން އިފްތިތާހުކޮށްފި

ސްޓެލްކޯގެ "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ކެމްޕޭން އިފްތިތާހުކޮށްފި

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ކެމްޕޭން އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ސްޓެލްކޯ

farudhun logo

ފަރުދުން

26 ނޮވެމްބަރު 2026، 07:34

26 ނޮވެމްބަރު 2026، 07:34

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކުރިއަށްގެންދާ ހަކަތަ އިގްތިސާދުކުރުމުގެ ހާއްސަ ކެމްޕެއިން "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ގެ ނަމުގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ. އެމަނިކުފާނު މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގެ ހުޅުދޫ އަދި މީދޫގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ހޭލުންތެރިކުރުމުގެ ސެޝަންގައެވެ.

"ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ކެމްޕޭނަކީ ހަކަތަ އިގްތިސާދުކުރުމަށްޓަކައި އާންމު ފަރުދުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުމުގެ މަގުސަދުގައި ފެށި ކެމްޕޭނެކެވެ. މީގެ މައިގަނޑު އަމާޒަކީ ކަރަންޓު ބޭނުންކުރުމުގައި ޒިންމާދާރު އާދަތަކެއް އަށަގެންނެވުމެވެ. އެގޮތުން ބޭކާރު ގޮތުގައި ދިއްލާފައި ހުންނަ ބޮކިތައް ނިއްވާލުމާއި، ގިނަ ވަގުތުތަކަކަށް ބޭރަށްދާއިރު އޭސީ ނިއްވާލުމަކީ މުޅި ގައުމުގެ ހަކަތައިގެ ރައްކާތެރިކަމަށް ވެވޭ ބޮޑު އެހީތެރިކަމެއްކަން ހަނދާންކޮށްދީ، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އިގްތިސާދުކުރެވޭނެ ގޮތްތައް މި ކެމްޕޭނުގެ ދަށުން ރައްޔިތުންނަށް ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ކެމްޕޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ސްޓެލްކޯ

މި ކެމްޕެއިން އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ ސްޓެލްކޯގެ ތާރީޚުގައި މުހިންމު ފިޔަވަޅެއް އެޅިގެންދިޔަ ދުވަހެއް ކަމަށެވެ. އަދި މި ކެމްޕޭނަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި، މިއީ ގައުމީ ފެންވަރުގައި އެންމެހައި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހިފައިވާ ނުހަނު ބޭނުންތެރި ހެޔޮ ބަދަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑރ. އަޒުވަރު އިތުރަށް ވިދާޅުވީ، އިންސާނާގެ ދިރިއުޅުމުގެ ކޮންމެ ކަމެއް މިއަދު ކަރަންޓުގެ ހިދުމަތާ ގުޅިލާމެހިފައިވާއިރު، އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ގައުމުގެ އިގްތިޞާދަށާއި ތިމާވެއްޓަށްޓަކައި ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ކަރަންޓު އިގްތިސާދު ކުރުމަކީ ހަމައެކަނި މަހު ބިލަށް އަރާ އަދަދު ކުޑަކުރުން ނޫން ކަމަށާއި، އެއީ ގައުމުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މި މުހިންމު ގައުމީ މަސައްކަތުގައި އެންމެހައި ރައްޔިތުން ބައިވެރިވެ، އަމިއްލަ ގޭބިސީންނާއި މަސައްކަތުގެ މާހައުލުން ހަކަތަ އިގްތިސާދުކުރުމުގެ ހެޔޮ އާދަ ފެށުމަށް މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450