Ads by Farudhun

ޚަބަރު

އެމްޑީޕީގެ އިންތިޚާބަށް ހުރިހާ ސްކޫލެއް ދެއްވުމަކީ ރައީސް ޑިމޮކްރަސީއަށް ދެއްވާ އަހަންމިއްޔަތުކަން

އެމްޑީޕީގެ އިންތިޚާބަށް ހުރިހާ ސްކޫލެއް ދެއްވުމަކީ ރައީސް ޑިމޮކްރަސީއަށް ދެއްވާ އަހަންމިއްޔަތުކަން

ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއު - ފޮޓޯ: އެމްވީ ޕްލަސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ނޮވެމްބަރު 2026، 02:39

26 ނޮވެމްބަރު 2026، 02:39

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް އެދިފައިވާ މާލެއާއި އަތޮޅުތެރޭގެ ހުރިހާ ސްކޫލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިދެއްވުމަކީ، އެމަނިކުފާނު ޑިމޮކްރަސީއަށާއި ވާދަވެރި ސިޔާސީ ނިޒާމު ފައްކާކުރުމަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ހަރަކާތްތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މުޅި މާލެއާއި އަތޮޅުތެރޭގައި ތާޅަފިލި ބޭނުންކޮށްގެން ޖަލްސާތަކާއި އެއްވުންތައް އިސްތިހާރު ކުރުމުގެ ޖާގަ މިހާރު ދެއްވާފައިވާ ކަމަށެވެ. އަދި ކުރިން އެންގުމަކާ ނުލައި މާލޭގައި އެއްވެ އިހުތިޖާޖު ކުރެވޭނެ ތަންތަން އިތުރުކޮށްދެއްވައި، މުޒާހަރާ ކުރުމުގެ މާހައުލު ފަހިކޮށްދެއްވާފައިވާއިރު، އެއްވެސް މީހަކު މުޒާހަރާކޮށްގެން މި ސަރުކާރުން ހައްޔަރުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.



މި މައުޟޫއަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ދިމާވި ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށާއި، ޕްރައިމަރީ އަދި ދާއިރާތަކުގެ ރައީސުން ހޮވުމުގެ އިންތިޚާބުތަކަށް ސަރުކާރުގެ ސްކޫލުތައް ނުދިނުމުން، އެކަންކަން ކުރަން ޖެހުނީ އަމިއްލަ ސްކޫލުތަކާއި ޕާޓީގެ ޖަގަހަތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، އޭރު މާލޭގައި ބޮޑެތި އެއްވުންތައް ބޭއްވުމުގެ ފުރުޞަތު ނުދީ ހިފެހެއްޓި ކަމަށާއި، ނަމަވެސް މާލޭ ސިޓީގެ މޭޔަރުކަމާ ރައީސް ޑރ. މުޢިއްޒު ހަވާލުވެވަޑައިގަތުމަށްފަހު އެމްޑީޕީއަށް ވެސް ހަމަހަމަކަމާއެކު ފުރުޞަތު ދެއްވި ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި އޭރު ތާޅަފިލި ބޭނުންކުރުން މަނާކޮށް، ސައިކަލު ބުރުތަކަށް ހުރަސްއަޅައި، މުޒާހަރާތަކުން އެތައް ބަޔަކު ހައްޔަރުކުރިކަން ވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ޑިމޮކްރެޓިކް ނިޒާމު ހިންގުމުގައި ރައީސް ޑރ. މުޢިއްޒު ދައްކަވަމުން ގެންދަވާ މިސާލުން އިދިކޮޅު ފަރާތްތަކުން ފިލާވަޅު ނަގަންޖެހޭ ކަމަށެވެ. އަދި މިއަދު ފެންނަމުންދާ ކަންކަމަކީ މި ނިޒާމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން ސާފުކޮށް ހާމަވާ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450