Ads by Farudhun

ޚަބަރު

އެސްކެޕްގެ އިޖުތިމާއީ ތަރައްގީއާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރުކަން ރާއްޖެއަށް

އެސްކެޕްގެ އިޖުތިމާއީ ތަރައްގީއާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރުކަން ރާއްޖެއަށް

އެކްސްޕެކްގެ އިޖުތިމާއީ ތަރައްގީއާ ބެހޭ ކޮމިޓީ ތެރެއިން/ ފޮޓޯ: މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

farudhun logo

ފަރުދުން

26 ނޮވެމްބަރު 2026، 02:56

26 ނޮވެމްބަރު 2026، 02:56

އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ އިޖުތިމާޢީ ތަރައްގީއާ ބެހޭ ކޮމިޓީގެ 9 ވަނަ ސެޝަންގެ ނައިބު މުގައްރިރު (ވައިސް ޗެއަރ) ކަމުގެ މަގާމު ދިވެހިރާއްޖެއިން ފުރައިފިއެވެ.

ހެލްތް، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި ރާއްޖޭގެ ފަރާތުން އެ މަގާމު ފުރުއްވީ އެ ސެޝަންގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ އިސްވެރިޔާ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ ޒީނާޒް ޢަދުނާނެވެ. މި ސެޝަންގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި ޒީނާޒް ގެ އިތުރުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީގެ އިސް ޑިޕްލޮމެޓުން ވެސް ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

މި ސެޝަނުގެ މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި ސްޓޭޓް މިނިސްޓަރު ޒީނާޒު ބައިވެރިވެވަޑައިގެންނެވި ކަމަށާއި ފަގީރުކަން ކުޑަކުރުމަށާއި ހުރިހާ ފަންތިއެއް ޝާމިލުވާ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެއިން ހޯދާފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް އެ ސެޝަނުގައި އަލިއަޅުއްވައިލެއްވި ކަމަށް ބުނެފައިވެއެވެ. ދޮށީ އުމުރުގެ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމަށް އަދުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައިވާ ކަމަށާއި އެގޮތުން "ނޭޝަނަލް އޭޖިން ޕޮލިސީ" އަދި "ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިން 2025-2028" ގެ ދަށުން ކުރިއަށްދާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލެއްވި ކަމަށް ބުނެފައިވެއެވެ.

އެ މިނިސްޓްރީ އިން އިތުރަށް ބުނި ގޮތުގައި އެ ސެޝަނުގައި ބައިވެރިވި ރާއްޖޭގެ ވަފުދުން، ޔުނިސެފާއި އެސްކެޕް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، "އިބަމަ" ފަދަ އިޖުތިމާއީ ވިއުގަތަކުގެ ޒަރީއާއިން ކުޑަކުދިންގެ ރައްކާތެރިކަމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި އުޖޫރައަކާ ނުލައި މުޖުތަމައުއާއި އާއިލީ ފެންވަރުގައި އަޅައިލުމުގެ ހިދުމަތްދޭ ފަރާތްތަކުގެ އަގުވަޒަންކޮށް، އިގްތިސޯދީ ގޮތުން އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެ ވަފުދުން ބާރުއަޅާފައިވާ ކަމަށް ބުނެފައިވެއެވެ. 

އެސްކެޕްގެ އިޖުތިމާޢީ ތަރައްގީއާ ބެހޭ ކޮމިޓީގެ 9 ވަނަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ތައިލެންޑުގެ ބެންކޮކުގައެވެ. އދ. ގެ އެސްކެޕަކީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އިގްތިސާދީ އަދި އިޖުތިމާއީ އެއްބާރުލުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދޭ އދ. ގެ ސަރަހައްދީ މައި ގޮތްޕެވެ. މި ކޮމިޝަނުގެ އިޖުތިމާއީ ތަރައްގީއާ ބެހޭ ކޮމިޓީއަކީ މުޖުތަމައުގެ އެންމެހައި ފަރުދުން ޝާމިލުވާ، އަދުލުވެރި އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ސިޔާސަތުތައް އެކަށައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ކޮމިޓީއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450