Ads by Farudhun

ޚަބަރު

އަމީނީ މަގު ތާރުއެޅުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިމޭނެ : އެމްޓީސީސީ

އަމީނީ މަގު ތާރުއެޅުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިމޭނެ : އެމްޓީސީސީ

ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

26 ނޮވެމްބަރު 2026، 03:31

26 ނޮވެމްބަރު 2026، 03:31

އަމީނީމަގު ތާރު އެޅުމުގެ މަސައްކަތް މި ހިނގާ ނޮވެންބަރު މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ނުނިމި ބާކީއޮތް ސަރަހައްދުގެ ތާރު ނެގުމާއި، އޭބީސީ ފަށަލައެޅުމާއި، ބިންގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެމްސީ 30 އެޅުމުގެ މަސައްކަތްކަމަށާއި އަމީނީ މަގު ތާރުއެޅުމުގެ ހުރިހާ މަސައްކަތެއް މި ހިނގާ ނޮވެންބަރު މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ވެސް ބުނެފައިވެއެވެ.



އެމްޓީސީސީ އިން އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސަރުކާރުން އެ މަގުގައި ތާރުއަޅައި ހެދުމުގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށިތާ މާގިނަ އަހަރުތަކެއް ނުވެ، އެމަގުގައި ބޮޑެތި އަޑިގުޑަންތައް ހެދި، ދުއްވާ މީހުންނަށް ބޮޑު ތަކުލީފުތަކެއް ކުރިމަތިވެފައިވާތީއެވެ.

އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީ އިން އަމަލީ ގޮތުން ފަށާފައިވަނީ  އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ. މި މަޝްރޫއު އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވަނީ އެކި ސެގްމެންޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް ހިމެނޭ ސަރަހައްދު، ސެގްމަންޓް 2 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގެ ހަތަރުއަނގޮޅި ކަންމަތީގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450