ޚަބަރު
ނޮވެންބަރު 3 ގައި ހިދުމަތްކޮށްދެއްވި ނަސީމް އަވަހާރަވެއްޖެ
ސާޖަންޓް މޭޖާ (ރިޓަޔާޑް) އަހްމަދު ނަސީމު (ރީފް)
ނޮވެންބަރު 3 ގައި ހިދުމަތްކޮށްދެއްވި ސާޖަންޓް މޭޖާ (ރިޓަޔާޑް) އަހްމަދު ނަސީމު އަވަހަރާވެއްޖެއެވެ.
އަހުމަދު ނަސީމް އިއްޔެ އަވަހާރަވީއިރު މިއަދު ފަތިސް ނަމާދަށް ފަހު އޭނާ ހުޅުމާލެ ސަހަރާގައި ވަނީ ވަޅުލައިފައެވެ. ނަސީމު އަވަހާރަވީއިރު އުމުރުފުޅަކީ 68 އަހަރެވެ.
ނަސީމް ނޮވެންބަރު 3 ގައި ހިދުމަތްކުރައްވާފައިވާއިރު އެ އުދުވާނީ ހަމަލާގައި އެއިރުގެ ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހީމް މ. ގައްދަޑުގޭގައި ހުންނެވިއިރު އެ ސަރަހައްދުގެ ސެކިޔުރިޓީ ބެލެހެއްޓެވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. އަދި އެ ދުވަހު މއ. ކިނބިގަސްދޮށުގެއިން ގެނެސްފައި ހުރި ވަޒަންތައް އެންމެ ފުރަތަމަ މެގަޒިންތަކަށް ލެއްވުމުގެ މަސައްކަތްވެސް ނަސީމް ކުރެއްވިއެވެ.
ނަސީމު ސިފައިންގެ ތެރޭގައި މަޝްހޫރުވެވަޑައިގެންފައި ވަނީ "ރީފް ސާ" ގެ ނަމުންނެވެ. އޭނާ ފާހަގަކުރެވިފައިވަނީ ދީނީ ކަންތައްތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވި މަޑުމައިތިރި ބޭކަލެއްގެ ގޮތުގައެވެ.