ޚަބަރު
ބައްޕަގެ ކާރަށް ގެއްލުން ދީގެން 15 ދުވަހަށް ކޯޓުން ބަންދުކޮށްފި
ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓު
ބައްޕަގެ ކާރަށް ގެއްލުންދިން މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ ކޯޓުން އާންމުކޮށްފައިވާ ބަންދު އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ބަންދުކޮށްފައިވަނި ލ.ގަން/ ހުރަވީ އުމުރުން 31 އަހަރުގެ މުހައްމަދު ނަވާޒް އެވެ. އޭނާގެ ބަންދުގެ މުއްދަތު ފެށޭނީ މިއަދު ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަންދު އަމުރުގައިވެއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށާއި އޭނާ ހައްޔަރުކުރި ސީންގައި ތުހުމަތަށް އިއުތިރާފްވެފައިވާ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެއެވެ. ބޯގޮވައިގެން ޝަރީއަތުން ކިޔައިދޭ އެއްވެސް ވާހަކައެއް ސާފުނުވާ ކަމަށާއި އޭނާ ގެއްލުންދީފައިވަނީ އޭނާގެ ބައްޕަގެ ކާރަށް ކަމަށް ބުނެފައިވެއެވެ. އަދި އޭނާ އަށް ވަކީލެއްގެ ފުރުސަތުވެސް ދީފައިވާ ކަމަށް ބުނެފައިވެއެވެ.