Ads by Farudhun

ޚަބަރު

އިސްކަން ދޭނީ އެންމެ ނިކަމެތި ހާލުގައި އުޅޭ މީހާއަށް އެންމެ އަވަހަށް ބޯހިޔާވަހިކަން ދޭން: ރައީސް

އިސްކަން ދޭނީ އެންމެ ނިކަމެތި ހާލުގައި އުޅޭ މީހާއަށް އެންމެ އަވަހަށް ބޯހިޔާވަހިކަން ދޭން: ރައީސް

އިސްކަން ދޭނީ އެންމެ ނިކަމެތި ހާލުގައި އުޅޭ މީހާއަށް އެންމެ އަވަހަށް ބޯހިޔާވަހިކަން ދޭން: ރައީސް

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

27 ނޮވެމްބަރު 2026، 10:55

27 ނޮވެމްބަރު 2026، 10:55

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ތެރެއިން އިސްކަން ދޭނީ އެންމެ ނިކަމެތި ހާލުގައި އުޅޭ މީހާއަށް އެންމެ އަވަހަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އާންމު ރައްޔިތުންގެ ހުރި ދަތިތަކުފެގެ ވާހަކަ ސީދާ ރައީސްއަށް ހިއްސާ ކުރެވޭނެ ގޮތަށް 'ރައްޔިތުންގެ އަޑު' ނަމުގައި ސަރުކާރުން ގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.

ރައީސްއާ ބައްދަލުކުރި އަންހެން މީހަކު އޭނާގެ ހާލަތު ކިޔައި ދެމުން ބުނީ އޭނާގެ ދަރިންގެ ބައްޕަ ޕެރެލައިޒު ވެގެން ހުންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. 

ދިރިއުޅޭ ތަން ވަރަށް ކުޑަ. އެހެން މީހުންގެ ސަޕޯޓްގައި އުޅެން ޖެހޭތީ މީހަކު ވެސް ނަގާފައި ހުންނާނީ. ދެން އެކަމަކު ރޭގަނޑު ނިދަން ތިބޭ އިރު އެކަކު ގައި މަތިން އަނެކަކު ދާން ޖެހޭ ގޮތަށް އުޅެނީ.

އެ މީހާ ރޮމުން ބުންޏެވެ.

އޭނާގެ ހާލަތު އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ މީގެ ކުރިން ނިކަމެތި ހާލުގައި ތިބި އިރު ވެސް، ސިޔާސީ ބޭނުމަށް ލިސްޓު ބަދަލުކުރި ހަމައިން މިސަރުކާރުން އަމަލު ނުކުރާނެ ކަމަށެވެ. 

އަދި އެމަނިކުފާނު ވިދާޅުވި މި ސަރުކާރުން ދޫކުރާ ގެދޮރުގެ ސިޔާސަތުތަކާއި މި ވަގުތު އޮތް އުސޫލުތައް ވެސް ހަދާފައި އޮންނާނީ ނިކަމެތި ހާލަތުގައި ދިރިއުޅޭ މީހާއަށް އެންމެ އަވަހަށް، އަދި އެންމެ ރަނގަޅަށް ބޯހިޔާވަހިކަން ދޭން ވެގެން ކަމަށެވެ. 

އެންމެ ނިކަމެތިކޮށް އުޅޭ މީހުންނަށް ވީ އެންމެ ރަނގަޅު ގޮތެއްގައި ބޯހިޔާވަހިކަން ހޯދައިދޭނެ ގޮތްތައް ހަމަ ކަނޑައެޅިފައި ހުރި އުސޫލުން ކޮށްދޭނަން.

ރައީސް ވިދާޅުވި އެވެ.

މާލެ ސަރަަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިމެނޭ ގޮތަށް ސަރުކާރުން ގެންދަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އެ ގޮތުން މާލެ، ހުޅުމާލޭ އަދި ވިލިމާލޭގައި ބީއެމްއެލް އެފޯޑަބަލް ހޯމް އަދި ހޯމް ލީޒިން ސްކީމް މެދުވެރިކޮށް 3,000 އާއި 4,000 އާ ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

ރަސްމާލޭގައި 5,000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު ޔޫއޭއީގެ އީގަލް ހިލްސްއަށް ހަވާލުކޮށްގެން ހުޅުމާލޭގައި އިތުރު 5,000 ހައުސިން ޔުނިޓް އަޅާނެ އެވެ. ރައީސް މީގެ ކުރިން ވެސް ވިދާޅުވެފައިވަނީ މި ތަންތަން ދޫކުރާނީ ހެޔޮ އަގެއްގައި ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450