Ads by Farudhun

ޚަބަރު

ކައުންސިލާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ކައުންސިލާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ކުރިން ކުރިއަށްދިޔަ އިލެކްޝަނެއްގެ ތެރެއިން. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ނޮވެމްބަރު 2026، 09:27

28 ނޮވެމްބަރު 2026، 09:27

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މި މަގާމުތަކަށް މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ، މިއަދު ހެނދުނު 8:00އިން ހަވީރު 16:00 އަށެވެ.

މި އިންތިޚާބުގެ ތެރޭގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ އިތުރުން ހއ. ވަށަފަރު، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ކައުންސިލްގެ ޑަބްލިއުޑީސީގެ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންތަކެވެ. 

ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓެކެވެ.

ޑަބްލިއުޑީސީ ބައި-އިލެކްޝަންތަކަށް ބަލާއިރު، ވަށަފަރު ޑަބްލިއުޑީސީގެ ރައީސްކަމަށް އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓަކާއި ޕީއެންސީގެ ކެންޑިޑޭޓަކު ވާދަކުރެއެވެ. އަދި ހުޅުދޫ ޑަބްލިއުޑީސީ މެންބަރުކަމަށް ޕީއެންސީ އާއި އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަކުރާއިރު، ތިނަދޫ ޑަބްލިއުޑީސީ މެންބަރުކަމަށް ކުރިމަތިލާފައި ވަނީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ.

އިންތިހާބުގެ ވޯޓު ގުނަން ފަށާނީ, ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުންނެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 30 ވާ ހޯމަ ދުވަހުއެވެ.

މި ބައި-އިލެކްޝަންތަކުގައި ޖުމްލަ 10 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަތޮޅުތެރޭގައި ބަހައްޓާ 5 ފޮށްޓާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ބަހައްޓާ 5 ފޮށްޓެވެ. އަތޮޅުތެރޭގެ ވޯޓުލާ މަރުކަޒުތައް ވަށަފަރާއި ތިނަދޫގެ ސްކޫލުގައި ޤާއިމުކުރާއިރު، ހުޅުދޫގައި ބަހައްޓާ 3 ފޮށި ހުންނާނީ އެ ރަށު ކޮމިއުނިޓީ ސެންޓަރުގައެވެ. މާލެ ސަރަޙައްދުގައި ވޯޓުލުން ކުރިއަށްދާނީ ޖަމާލުއްދީން ސްކޫލުގައި ޤާއިމުކުރާ 4 މަރުކަޒަކާއި ހުޅުމާލެ ފޭސް 1 ގެ ސީއެޗްއެސްއީ ހޯލުގައި ބަހައްޓާ މަރުކަޒެއްގައެވެ.

ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ 81 އޮފިޝަލުންނަށް ޢަމަލީ ތަމްރީނު ޕްރޮގްރާމެއް ހިންގާފައިވާއިރު، މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ޙަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ. މި ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ވަނީ އޮންލައިންކޮށް ފޯރުކޮށްދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450