Ads by Farudhun

ޚަބަރު

ބީއެމްއެލުން ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިންއަށް ބަދަލުތަކެއް ގެނެސްފި

ބީއެމްއެލުން ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިންއަށް ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް. ފޮޓޯ: ބީއެމްއެލް

farudhun logo

ފަރުދުން

29 ނޮވެމްބަރު 2026، 01:36

29 ނޮވެމްބަރު 2026، 01:36

ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ގެސްޓުހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިން އަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

އެ ބޭންކުން މައުލޫމާތުދިން ގޮތުގައި މި ބަދަލުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށާއި ވިޔަވާރިތަކަށް ލުއިފަސޭހަކޮށްދިނުމަށް ގެނެސްފައިވާ ބަދަލުތަކެކެވެ. މި ގެނައި ބަދަލާއެކު މަޝްރޫޢުގެ ޖުމްލަ އަގުން އިންވެސްޓްކުރާ ފަރާތުން އަމިއްލައަށް ޚަރަދުކުރަން ޖެހޭ ފައިސާ (އިކުއިޓީ) 30 އިންސައްތަ އިން 20 އިންސައްތަ އަށް ކުޑަކޮށްފައިވާއިރު ފައިނޭންސިން އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު 15 އަހަރުން 20 އަހަރަށް  އިތުރުވެސް ކޮށްދީފައިވެއެވެ.

މި ބަދަލާއެކު 2 އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު ދިވެހި ރުފިޔާއިން ފައިނޭންސް ނަގައި، ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އަހަރަކު 7 އިންސައްތައިގެ ރޭޓެއް  ވެސް ހަމަޖައްސާފައިވެއެވެ. އަދި ރުފިޔާއާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް ކަނޑައަޅާފައިވަނީ 9 އިންސައްތައެވެ.

ލިވްއެބޯޑް ފައިނޭންސިން އިކުއިޓީ 30 އިންސައްތަ އިން 25 އިންސައްތައަށް ކުޑަކޮށްފައިވާއިރު، އަނބުރާ ދެއްކުމުގެ މުއްދަތު 7 އަހަރުން 12 އަހަރަށް އިތުރުކޮށްފައިވެއެވެ. ގްރޭސް ޕީރިއަޑް 1 އަހަރުން 2 އަހަރަށް އިތުރުކޮށްފައިވާއިރު މި ފެސިލިޓީގެ ދަށުން ރުފިޔާއިން ފައިނޭންސިން ނަގައި ޑޮލަރުން އަނބުރާ ދައްކާނަމަ 8 އިންސައްތައިގެ ރޭޓެއްވެސް ކަނޑައަޅާފައިވެއެވެ. އަދި ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާނަމަ 10 އިންސައްތައިގެ ރޭޓެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ބީއެމްއެލްއިން ބުނީ ފައިނޭންސް ހޯދުމުގައި ކަސްޓަމަރުންނަށް އެންމެ ބޮޑަށް ދިމާވާ އެއް ދައްޗަކީ އިކުއިޓީ ދެއްކުން ކަމަށާއި، ވުމާއެކު އިކުއިޓީ ބަލާ މިންގަނޑަށް ވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.  އެގޮތުން، މަޝްރޫޢަށް މިހާރުވެސް ކަސްޓަމަރު އަމިއްލައަށް ކޮށްފައިވާ އިންވެސްޓަކީ އިކުއިޓީގެ ގޮތުގައި ބަލައިގަތުމަށް ކަމަށާއި އޭގެ  ތެރޭގައި ބޭންކުން ގަބޫލުކުރާ މިންވަރަށް އަގުކޮށް، ވެރިފިކޭޝަން ޕްރޮސެސްއެއް ނިންމާ އިންވެސްޓްމަންޓުތައް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ ރަށު ފެންވަރުގެ ގެސްޓްހައުސްތަކާއި ސަފާރީތަކުން ފެށިގެން ބޮޑެތި ރިސޯޓުތަކާ ހަމައަށް ދިވެހިންނަށް ފަތުރުވެރިކަމުގެ ފައިދާ ހޯދައިދިނުމުގައި ދެމިއޮތުމަކީ އަމާޒެއް ކަމަށެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450