Ads by Farudhun

ޚަބަރު

ތިމަރަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީއަކު ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސްވެއްޖެ

ތިމަރަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީއަކު ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސްވެއްޖެ

ތިމަރަފުށީ ފަޅުތެރޭގައި އޮތް ލޯންޗުގައި އަލިފާން ރޯވެފައި / ފޮޓޯ: ތިމަރަފުށީ ކައުންސިލް

farudhun logo

ފަރުދުން

29 ނޮވެމްބަރު 2026، 07:39

29 ނޮވެމްބަރު 2026، 07:39

ތ. ތިމަރަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، ބިދޭސީއެއްގެ ހަށިގަނޑުގެ ބޮޑުބައި ފިހި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:00 ހާއިރުއެވެ. އަލިފާން ރޯވި ވަގުތު އެ ލޯންޗުގައި ދެ ބިދޭސީން މަސައްކަތް ކުރަމުން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ ގާތްގަނޑަކަށް 75 ޕަސެންޓު ވަނީ ފިހިފައެވެ. އަދި އޭނާގެ ހާލު ސީރިއަސްވުމާ ގުޅިގެން، އިތުރު ފަރުވާއަށް މިހާރު ވަނީ އެ އަތޮޅު ހޮސްޕިޓަލް ހުންނަ ތ. ވޭމަންޑޫއަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ އޭނާއަށް އަވަސް ފަރުވާ ދެމުންނެވެ.

މި އަލިފާނުގެ ހާދިސާގައި އެ ލޯންޗަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ލޯންޗުގެ ގާތްގަނޑަށް 70 ޕަސެންޓު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450