Ads by Farudhun

ޚަބަރު

ވ. ތިނަދޫގެ ޑަބްލިޔުޑީސީ ބައިއިލެކްޝަން ކާމިޔާބުކުރެއްވި ޒީނާ ޕީއެންސީއާ ގުޅިވަޑައިގެންފި

ވ. ތިނަދޫގެ ޑަބްލިޔުޑީސީ ބައިއިލެކްޝަން ކާމިޔާބުކުރެއްވި ޒީނާ ޕީއެންސީއާ ގުޅިވަޑައިގެންފި

ޒީނާ ޕީއެންސީއާ ގުޅިވަޑައިގެންނެވުން---

farudhun logo

ފަރުދުން

29 ނޮވެމްބަރު 2026، 09:40

29 ނޮވެމްބަރު 2026، 09:40

ވ. ތިނަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ގެ ރައީސް ކަމަށް އިންތިޚާބުވި ޒީނާ އަޙްމަދު، ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ މިރޭ ރަސްމީކޮށް ގުޅިވަޑައިގެންފިއެވެ.

ޒީނާ މި މަޤާމަށް އިންތިޚާބުވެވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިނަދޫ ޑަބްލިޔުޑީސީގެ ބައިއިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ. ޒީނާ ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން ހާމަކުރެއްވީ، މިކަމަށްޓަކައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ޒީނާ އެ އިންތިޚާބުގައި ވާދަކުރެއްވީ ވެސް ޕީއެންސީގެ ފުރިހަމަ ތާއީދާއެކު ކަމަށެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޒީނާ އަޅުގަނޑުމެންގެ ޕާޓީއާ އެ ގުޅިވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކާއި އަދި ޕާޓީ ހިންގުމުގައި އެ މަނިކުފާނު ގެންގުޅުއްވާ އުސޫލުތައް ބަލައިގަނެ، ޕާޓީ އާއި ސަރުކާރާއެކީ ކުރިޔަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅުގައި.

ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ޒީނާގެ މި ނިންމެވުމުން ރަމްޒުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް މިއަދު ރައްޔިތުން ބަލައިގަންނަ މިންވަރު ކަމަށެވެ. އަދި މިއީ ސަރުކާރަށާއި ރައީސް މުޢިއްޒަށް ރައްޔިތުން ކުރާ އިތުބާރު ހާމަވެގެންދިޔަ ކަމެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450