Ads by Exprox

ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކަށް 12 އަހަރުގެ ޖަލުޙުކުމެއް އިއްވައިފި!

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކަށް 12 އަހަރުގެ ޖަލުޙުކުމެއް އިއްވައިފި!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2024، 05:32

08 ސެޕްޓެމްބަރު 2024، 05:32

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކަށް 12 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ މުޙައްމަދު ދާއޫދު، އިމޭޖު / ރ.މާކުރަތުގެ މައްޗަށެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަޙަތު ހިމެނޭ މައްސަލައަކަށްވާތީ، ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވި ނަމަވެސް، ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމުނުގޮތް ހިއްސާކޮށްފައިވެއެވެ.

އެރިޕޯޓުގައި ބުނެފައިވަނީ، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން، މުޙައްމަދު ދާއޫދު، 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް އޭނާގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުނު ކަމުގެ ދައުވާ އުފުލާފައިވެއެވެ.

އަދި އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ފޯނުގައި އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ، ދައުލަތުގެ ފަރާތުން ހުށަހެޅި ނަމަވެސް، މުޙައްމަދު ދާއޫދުގެ މައްޗަށް ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް ޙުކުމްކޮށްފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco