Ads by Exprox

ޚަބަރު

މިއަހަރުގެ މިހާތަނަށް ދެލައްކަ އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި!

މިއަހަރުގެ މިހާތަނަށް ދެލައްކަ އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި!

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2024، 05:28

08 ސެޕްޓެމްބަރު 2024، 05:28

ހުލާސާ


ޗައިނާ އިން މި އަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 202000 ފަތުރުވެރިންނެވެ. މިއީ މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 14.6 އިންސައްތައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކަކީ:-

- ޗައިނާ - 202،000 ފަތުރުވެރިން

- ރަޝިއާ - 149،900 ފަތުރުވެރިން

- އިނގިރޭސިވިލާތް 119،100 ފަތުރުވެރިން

- އިޓަލީ 102،400 ފަތުރުވެރިން

- ޖަރުމަނު 97،800 ފަތުރުވެރިން

- އިންޑިއާ 83،000 ފަތުރުވެރިން

- އެމެރިކާ 47،100 ފަތުރުވެރިން

- ފްރާންސް 39،600 ފަތުރުވެރިން

- ސްޕެއިން 30،700 ފަތުރުވެރިން

- ސްވިޓްޒަލޭންޑް 26،000 ފަތުރުވެރިން

ރާއްޖެއަށް އެވަރެޖްކޮށް ދުވާލަކު 5،500 ފަތުރުވެރިން މިހާރު ޒިޔާރަތްކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުން މިއަހަރަށް ފަތުރުވެރިކަމުގެ ސިނާޢަތަށް ކަނޑައަޅާފައިވާ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco