Ads by Exprox

ޚަބަރު

ރާއްޖޭގެ ޖުމުލަ ރިޒާވް 444 މިލިއަނަށް އިތުރުވެއްޖެ!

ރާއްޖޭގެ ޖުމުލަ ރިޒާވް 444 މިލިއަނަށް އިތުރުވެއްޖެ!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ. ފޮޓޯ:އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2024، 05:26

08 ސެޕްޓެމްބަރު 2024، 05:26

އެމްއެމްއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރިޒާވް ވަނީ 395 މިލިއަން ޑޮލަރުން 444 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

މި ކުރިއެރުމާ އެކު، ޔޫޒަބަލް ރިޒާވް ވެސް ވަނީ 26 ޕަސެންޓަށް އިތުރުވެފައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ޔޫޒަބަލް ރިޒާވްގައި މިވަގުތު ހުރީ 61 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު ހުރީ 45 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި ރިޒާވު އެންމެ ދަށްކޮށް ހުރި މަހެވެ.

ރިޒާވް އިތުރުވެފައިވަނީ، ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް މާލީ ވަޒީރު ޑރ މުޙައްމަދު ޝަފީޤް މިދިޔަ ހުކުރު ދުވަހު ވިދާޅުވި އެވެ.

ޖުމްލަ ރިޒާވް އިތުރުވިޔަސް، މިވަގުތު ޔޫޒަބަލް ރިޒާވްގައި ހުރީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓަށް ފުދޭ މިންވަރަށެވެ.

މި އަހަރު ފެށުނު އިރު ޖުމްލަ ރިޒާވްގައި ހުރީ 551 މިލިއަން ޑޮލަރެވެ. މި އަހަރު ޖުމްލަ ރިޒާވް އެންމެ ބޮޑަށް އިތުރުވީ ފެބްރުވަރީ މަހު އެވެ. އެ މަހުގެ ޖުމްލަ 588 މިލިއަން ޑޮލަރަށް އަރައިފައިވެއެވެ.

އެވްރެޖް ޔޫޒަބްލް ރިޒާވު:

● 2022: 293 މިލިއަން ޑޮލަރު

● 2023: 161 މިލިއަން ޑޮލަރު

● 2024 (7 މަސް): 93 މިލިއަން ޑޮލަރު

މިއަހަރު ފެށުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 110 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ޔޫޒަބަލް ރިޒާވް ހުރީ 179 މިލިއަން ޑޮލަރުގަ އެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco