Ads by Exprox

ޚަބަރު

ޢަބްދުލްޙަސީބު އިސްމާޢީލް, އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރައްވައިފި

ޢަބްދުލްޙަސީބު އިސްމާޢީލް, އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރައްވައިފި

ރައިސް އޮފީސް

16 ޑިސެމްބަރު 2024، 06:10

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް، ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަންކުރަށްވައިފިއެވެ. 

ހުލުމާލެ ހިޔާ، 11-23-05 ޢަބްދުލްޙަސީބު އިސްމާޢީލަށް މެންބަރުކަން އައްޔަން ކުރެވުނުކަމުގެ ލިޔުން، މިއަދު ހެނދުނު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ހަވާލުކުރައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރަލްދާ ޒާހިރު ވަނީ ހުވައި ލައިދެއްވާފައެވެ.  

ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދަވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ގޮތުގެ މަތިންކަން ފާހަގަކޮއްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco