Ads by Exprox

ޚަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ގެދޮރަށް ލިބިދާނެ ގެއްލުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ގެދޮރަށް ލިބިދާނެ ގެއްލުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުގެ އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޑިސެމްބަރު 2024، 06:09

16 ޑިސެމްބަރު 2024، 06:09

މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އާންމުންގެ ގޯތި ގެދޮރަށް ލިބިދާނެ ގެއްލުމަށް ރައްކާތެރިކަމުގެ ފިޔަވަޅު ދުރާލާ އެޅުަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން އިލްތިމާސް ކޮށްފިއެވެ.

އެއިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ ރާއްޖެގެ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވެފައި، 18 ޑިސެމްބަރު 2024ން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ ރައްޔިތުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

އެގޮތުން އެޅިދާނެ ފިޔަވަޅުތައް ކަމަށް ބުނެ ގިނަ ކަންތައްތައްތަކެއް އެންޑީއެމްއޭ އިން ފާހަގަކޮށްފައިވެއެވެ. 

އޭގެތެރޭގައި:- 

  • ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
  • ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން
  • ގޭތެރެއަށް ފެންވަދެއްޖެ ހިނދެއްގައި ގެއްލުންވާނެފަދަ މުދާ ފެން ނުޖެހޭނެ ފަދަ އުސްތަންތަނަށް ބަދަލުކުރުން
  • ގަދަވައިގެ ސަބަބުން އެއްލާލާފާނެ ތަކެތި ބަނދެފައި ބެހެއްޓުން
  • ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން
  • ކާޑުގެ ބާވަތްތަކަށް ދަތިނުވާނެހެން ދުރާލާ ކަންކަން އިންތިޒާމުކުރުން 
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލާފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައުފަދަ އެއްޗަކުން ބަނުން
  • ކަރަންޓު ސާމާނު ބޭނުން ނުކުރާނަމަ ކަރަންޓު ކަނޑާލައިފައި ބެހެއްޓުން 

ވިއްސާރައިގެ ސަބަބުން އާންމުންނަށް ވެދާނެ ގެއްލުމަކަށްޓަކައި މޫސުމަށް ސަމާލުވުމަށް އެންޑީއެމްއޭއިން އަބަދުވެސް އިރުޝާދުދެއެވެ. އަދި ވިއްސާރައިގެ ސަބަބަުން ނުވަތަ އެފަދަ އެހެން ކާރިސާއެއްގެ ސަބަބުން ބަޔަކަށް ކަމެއް ދިމާވިޔަސް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދެއެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS