Ads by Exprox

ޚަބަރު

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޙަބީބް އައްޔަނުކުރައްވައިފި!

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޙަބީބް އައްޔަނުކުރައްވައިފި!

އެޗްއާރްސީއެމްގެ މެމްބަރުކަމުގެ ހުވާ ޙަބީބް ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2024، 11:44

08 ސެޕްޓެމްބަރު 2024، 11:44

ހުލާސާ


ހިޔުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމަށް އިސްމާއިލް ޙަބީބް ޢަބްދުއްރަޙްމާން އައްޔަނު ކުރައްވައިފިއެވެ.

ޙަބީބު މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވަނީ އަލްއުސްތާޛު އިސްމާޢީލް ޙަބީބާ ހަވާލުކުރައްވާފައެވެ.އަދި، މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ ކުރިފުޅުމަތީގައި ޙަބީބު ވަނީ، އެޗްއާރްސީއެމްގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ.

ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

ޙަބީބް ވަނީ އިލެކްޝަންސް ކޮމިޝަނުގެ ވައިސް ޗެއާޕާސަންގެ މަޤާމު ފާއިތުވި ތިން އަހަރު އަދާކުރައްވާފައެވެ. މީގެއިތުރުން ޙަބީބު ވަނީ ޖެހިޖެހިގެން ދެ ދައުރު އިލެކްޝަންސް ކޮމިޝަންސްގެ މެންބަރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ޙަބީބު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލުކުރައްވާފައެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco