ސައިންސް

ޖައްވު ހޫނުވުމަކީ ނަގޫރޯޅި އެރުމަށް މަގުފަހިވާކަމެއް!

ޖައްވު ހޫނުވުމަކީ ނަގޫރޯޅި އެރުމަށް މަގުފަހިވާކަމެއް!

ބެރީލް-އިންޓާރނެޓް

17 ޑިސެމްބަރު 2024، 06:10

2024 ވަނަ އަހަރަކީ އާދަޔާޚިލާފު އެތައް ނަގޫރޯޅިއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައިވާ، އެ ނަގޫރޯޅިތަކުގެ ސަބަބުން ފޫނުބެއްދޭވަރުގެ ގިނަ ގެއްލުންތަކެއް އެތައް ބަޔަކަށް ލިބިގެންދިޔަ އަހަރެކެވެ. ނަމަވެސް، ދުނިޔޭގެ ފިނިހޫނުމިން މިހާރަށްވުރެ މައްޗަށް ގޮސްފި ނަމަ، މިފަދަ ނަގޫރޯޅީގެ އަސަރު އެތައްގުނައަކަށް އިތުރުވެގެންދާނެކަމީ ސައިންސުވެރިން ހޯދާފައިވާ ޙަޤީޤަތެކެވެ. 

ނަގޫރޯޅިއަކީ ކޮބާ؟

ނަގޫރޯޅިއަކީ، ކަނޑުގެ ލޮނުގަނޑު ހޫނުކޮށް ހުންނަ ސަރަހައްދުތަކުގައި އުފެދޭ ވައިގެ ތޫފާނެކެވެ.

ނަގޫރޯޅި އުފެދެނީ ކިހިނެތް؟

ނަގޫރޯޅި އުފެދޭ އެތައް ސަބަބުތަކެއްވެއެވެ. މިސާލަކަށް، ޖައްވުގެ ޕްރެޝަރު ދައްވެފައިވާ ހިސާބެއްގައި ވިއްސާރަ ވިލާ އުފެދުމުން، ނުވަތަ ކަނޑުގެ އޮއެވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ނަގޫރޯޅި އުފެދުމަށް މެދުވެރިވެއެވެ. 

ނަގޫރޯޅީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރެވެމުން އެބަދޭތަ؟

ފާއިތުވެދިޔަ ޤަރުނުގެ ތެރޭގައި އަހަރެއްގެ މައްޗަށް އަރަމުންދާ ނަގޫރޯޅީގެ އަދަދު އިތުރުނުވި ނަމަވެސް، ލަފާކުރެވޭގޮތުގައި މި ނަގޫރޯޅިތަކުގެ ބާރު މިދަނީ އިތުރުވަމުންނެވެ.

އަންދާޒާ ކުރެވޭގޮތުގައި ފަހުގެ ނަގޫރޯޅިތަކުގެ ބޮޑު އިންސައްތައެއްގެ ނަގޫރޯޅިތަކަކީ ކެޓަގަރީ 3 ނުވަތަ އެޔަށް ވުރެ މަތީ ކެޓަގަރީއެއްގެ ނަގޫރޯޅި. މާނައަކީ، އެ ނަގޫރޯޅިތަކަކީ ރެކޯޑުކުރެވިފައިވާ ވައިގެ އެންމެ ބާރުމިނުގައި ދަތުރުކޮށްފައިވާ ނަގޫރޯޅިތަކެކޭ

އދގެ ކްލައިމެޓް ބޮޑީ ކަމަށްވާ އައިޕީސީސީ އިން މަޢުލޫމާތު ދެއްވާފައިވެއެވެ.

ޖައްވުގެ ހޫނުމިން އިތުރުވަމުން ދިޔުމަކީ، މިފަދަ ނަގޫރޯޅިތަކުގެ ބާރުމިނާއި، އެއިން ލިބޭ ގެއްލުން އިތުރުކޮށްދޭ ކަމެކެވެ. އެންއޯއޭއޭގެ ދިރާސާތަކުން ދައްކާގޮތުގައި، ދުނިޔޭގެ ކަނޑާއި ބިމުގެ ހޫނުމިން އެއްކޮށް،1850ވަނަ އަހަރުން ފެށިގެން، ކޮންމެ ދިހަ އަހަރަކުން 2 ފަރެންހައިޓު އިތުރަށް ހޫނުމިން އިތުރުވަމުން އެބަދެއެވެ. 

މި ލިޔުން ކިޔާލުމުން