ޚަބަރު
ނ.ހެނބޫދޫގައި އާދަޔާކިލާފަށް ފެން ބޮޑުވެއްޖެ
ނ.ހެނބޫދޫގައި ފެން ބޮޑުވެފަ. ފޮޓޯ: އިންޓާރނެޓް
ނ.ހެނބޫދޫގައި އާދަޔާޚިލާފަށް ފެންބޮޑުވެ ގޭގެޔަށް ގިނަ ގެއްލުންތަކެއް ލިބިގެން ހިނގައްޖެއެވެ. އެރަށުގެ ރައްޔިތުންގެ ފަރާތުން ޚަބަރު ލިބޭގޮތުގައި ހެނދުނު 6:30 ހާއިރު ވާރޭ ވެހެންފެށިގޮތަށް 6 ގަޑިއިރު ވީއިރު ވެސްހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހެމުންދިޔައެވެ.
ވާރޭވެހެން ފެށިތާ ގަޑިއިރެއްގެ ތެރޭގައި މުޅިރަށުގައި ވަނި ފެންބޮޑުވެފައެވެ. ނ.ނެނބޫދޫގައި ބޮޑަށް އަޑިވެފައިހުންނަ ހިސާބުތަކަށް ވެލި އަޅާފައިހުރުމުގެ ސަބަބުން އެ ހިސާބުގައިހުރި މުސްކުޅި ގޭގެ ވަނީ ފޫޓެއްހާތަން އަޑިއަށް ގޮސްފައިކަމަށް އެރަށުގެ ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބެއެވެ. ވާރޭވެހެމުން ދިޔަ ވަގުތު އާދަޔާޚިލާފަށް ދިޔަވަރު ބޮޑުވުމަކީ ވެސް ފެންނުހިނދި ހުރުމުށް މެދުވެރިވި ސަބަބެއްކަމަށް ވެސް ރައްޔިތުން ބުނެފައިވެއެވެ.
މުހައްމަދު މޫސާ (އުއްޗު) ގެ އެހީގައި އެރަށުގައި ފެންހިންދުމަށް ހަދާފައިހުރި ޖަންކްޝަންތަކެއް ހުރިކަމަށް އެރަށުގެ ރައްޔިތުން މަޢުލޫމާތު ދެއްވާފައިވެއެވެ. ނަމަވެސް، މޫސުން އިންތިހާއަށް ގޯސްވުމުގެ ސަބަބުން ބައެއް ގޭގޭގައި ފޫޓަކަށް ފެންބޮޑުވެފައިވާކަމަށާއި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ ގޭގޭގެ ފަރުނީޗަރަށް ކަމަށްވެސް މަޢުލުމާތު ލިބެއެވެ.
އެރަށުގެ ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބުނު ގޮތުގައި، ފެންގަނޑު ކޮންޓްރޯލް ކުރުމަށް އުނދަގޫވެގެން ދިޔައީ ފާޚާނާ ޖަންކްޝަން ތަކުން ފެން އެރުމުނާއި، ބައެއް ގޭގޭގަ ތަޅުމުން ވެސް ފެން އެރާފައިވުމުގެ ސަބަބުންނެވެ.
2008ގައި ވެސް މިފަދަ ޚާދިސާއެއް މިރަށުގައި ހިނގާފައިވާކަމަށާއި، އެފަހަރު ވެސް ވާރޭވެހި، ފެންބޮޑުވެ، ގޭގޭއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.