Ads by Exprox

ޚަބަރު

ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ސަރަހައްދުތައް އިތުރުކުރާނެކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއްޖެ

ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ސަރަހައްދުތައް އިތުރުކުރާނެކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއްޖެ

ޕީ.އެސް.އެމް

18 ޑިސެމްބަރު 2024، 12:47

ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އަދަދު މަދުކުރުމަށް ޓަކައި، ދުންފަތުގެ އިސްތިޢުމާލުކުރުން ޤާނޫނީގޮތުން މަނާ ސަރަހައްދުތައް އިތުރުކުރާނެކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީއިން ވިދާޅުވީ ޤާނޫނީގޮތުން ސިނގިރޭޓު ބުއިން މަނާ ސަރަހައްދުތަކުގެ ޑްރާފްޓެއް މިހާރު ފުރިހަމަ ވެފައިވާކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންނާ ހަމަޔަށް މިތަންތަނުގެ ތަފްސީލް ފޯރުކޮށްދޭނެކަމަށެވެ. ޕީ.އެސް.އެމުން ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ހެލްތު މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެން، ޑެޕިއުޓީ މިނިސްޓާރ އޮފް ހެލްތު އިސްމާއިލް ޒާހިރު ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މި އާ ޤަވާއިދުތައް ގެޒެޓުކުރެވުނުހާ އަވަހަށް، ވަރަށް ބޮޑުތަނުން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ސަރަހައްދުތައް އިތުރުވެގެން ދާނެކަމަށް ވިދާޅުވެފައެވެ.

މިޤަވާއިދުތައް ކަނޑެއެޅުމަކީ، ދުންފަތާބެހޭ އައު ޤާނޫނުތައް ތަންފީޒުކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމެއް!  

ޑެޕިއުޓީ މިނިސްޓާރ ވިދާޅުވެފައިވެއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް އެޅިފައިވާ އައު ފިޔަވަޅުތަކުގެ ތެރޭގައި، އިލެކްޓްރޯނިކް ސިނގިރޭޓުގެ އެންމެހާ ބާވަތަތަކާއި، ވޭޕުކުރުމަށް ބޭނުންކުރެވޭ ތަފާތު ވަސީލަތްތައް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، ބެހުން ވަނީ، ޤާނޫނީ ގޮތުން މަނާ ކުރެވިފައެވެ. މިފިޔަވަޅުތަކުގެ ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓާރ ވިދާޅުވީ، މި ބަދަލުތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

އަޅުގަނޑުމެން މިދަނީ، ކައުންސިލްތަކާއި، އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ތަފާތު އެސޯސިއޭޝަންތަކާ ގުޅިގެން، ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅޭ ޤާނޫނުތަކާ ބެހޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ހަމައެހެންމެ، މިކަމުން އަރައިގަތުމަށް ރައްޔިތުންނަށް އެހީތެރިވެދެއްވަން ތިއްބެވި ސަރުކާރުގެ ސްޓާފުންނަށްވެސް ކަމާ ގުޅެ ތަމްރީނުތައް ދެވެމުން އެބަދޭ.

ޒާހިރް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީއިން ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުމަށް އެހީތެރިވުމުގެ ގޮތުން، ސަޕޯރޓް ހޮޓްލައިނެއްވަނީ ތަޢާރަފްކޮށްފައެވެ. ހޮޓްލައިން ނަންބަރު 1676އަށް ގުޅައިލުމުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އެފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS