Ads by Exprox

ޚަބަރު

ލެޓްސް ކޮފީ މޯލްޑިވްސްގައި ނުރައްކާތެރި ޙާދިސާއެއް

ލެޓްސް ކޮފީ މޯލްޑިވްސްގައި ނުރައްކާތެރި ޙާދިސާއެއް

އިންޓާރނެޓް

18 ޑިސެމްބަރު 2024، 03:42

ޑިސެމްބަރު 12 ވަނަ ދުވަހު، މާލޭގެ ހަވީރީ ހިނގުމުގައި ހުންނަ ލެޓްސް ކޮފީ މޯލްޑިވްސް އަށް ބަޔަކުވަދެ، ތޫނު ހަމަލާ ބޭނުންކޮއްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައިފިއެވެ. މުވައްޒަފުންނަށް ބިރުދެއްކުމުގެ އިތުރުން، ލެޓްސް ކޮފީ މާލްޑިވްސްގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ވެސް، އެކިވަރުގެ ގެއްލުން ދީފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައިގައި ގއ.ދެއްވަދޫ ވައިލެޓުމާގޭ އަހްމަދު ތައުފީޤާއި، ބ.ތުޅާދޫ މީޒާންގޭ އަސަދުﷲ ޚާތިމް ވަނީ، ޑިސެމްބަރު 16 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައެވެ. 

މި ދެމީހުންގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓު އަމުރު އައިސްފައި ވަނީ ފަސްދުވަހުގެ ބަންދަކަށް މި ދެމީހުން ހައްޔަރުކުރާ ގޮތަށެވެ.

މިމައްސަލައިގެ ތަޙުޤީގު އަދިވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco